މިއަހަރުގެ މިސް ޔުނިވަރސްގެ މަޤާމު ސައުތް އެފްރިކާގެ ޢުމުރުން 22 އަހަރުގެ ޑެމީ ލީ ހޯދައިފި

ކިޔުމަށް ހޭދަވާނީ 42ސ
މިއަހަރުގެ މިސް ޔުނިވަރސްގެ މަޤާމު ސައުތް އެފްރިކާގެ ޢުމުރުން 22 އަހަރުގެ ޑެމީ ލީ ހޯދައިފި
މިއަހަރުގެ މިސް ޔުނިވަރސްގެ މަޤާމު ސައުތް އެފްރިކާގެ ޢުމުރުން 22 އަހަރުގެ ޑެމީ ލީ ހޯދައިފިއެވެ.

ލަސް ވެގަސް އެކްސެސް ތިއޭޓަރގައި ބޭއްވި ޙަފުލާގައި ނޯތު ވެސްޓު ޔުނިވަރސިޓީން ބިޒްނަސް މެނޭޖްމަންޓް އިން ޑިގްރީ ހަދާފައިވާ ޑެމީ ލީގެ ބޮލުގައި މިސް ޔުނިވަރސްގެ ތާޖު އެޅުވީ މިދިޔަ އަހަރުގެ މިސް ޔުނިވަރސް ފްރާންސްގެ އައިރިސް މިޓެނާއެވެ.

ޑެމީ ލީ ވަނީ އޭނާއަށް ލިބޭ ހުސްވަގުތުތަކުގައި އަންހެނުންގެ ޙައްޤަށް މަސައްކަތް ކުރުމާއި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކޮށްފައެވެ.

އެކި ޤައުމުތަކުން 92 އަންހެނުން މިފަހަރުގެ މިސް ޔުނިވަރސްގައި ވަނީ ބައިވެރިވެފައެވެ.

މި ފަޚުރާއެކު ޑެމީ ލީއަށް މިސްޔުނިވަސްގެ އެވޯޑާއެކު އެއްއަހަރު ދުވަހުގެ އުޖޫރަ އަދި އެމެރިކާގެ ނިއުޔޯކުން ލަގްޒަރީ އެޕާޓްމަންޓަކާއި އެހެނިހެން އިނާމްތައް ލިބުނެވެ.

މިއަދު އޮންލައިން