ޗައިނީސް އެކަޑެމީ އޮފް އިންޖިނީރިންގ ގެ ފޮރިން މެމްބަރުކަމަށް ބިލް ގޭޓްސްއަށް..
ޗައިނީސް އެކަޑެމީ އޮފް އިންޖިނީރިންގ ގެ ފޮރިން މެމްބަރުކަމަށް ބިލް ގޭޓްސް އިންތިޚާބުކޮށްފިއެވެ.
މައިކްރޯ ސޮފްޓާއި ޓެރާޕަވަރ ގެ ކޯ ފައުންޑަރއަށް ޗައިނީސް އެކަޑެމީ އޮފް އިންޖިނީރިންގ (ސީއޭއީ)ގެ ފޮރިން މެމްބަރުކަމަށް އިންތިޚާބުކޮށްފައިވާކަން އެ ޤައުމުގެ ނޫސްތަކުގައި ބުނެފައިވާ އިރު، ސީއޭއައި އަކީ ޗައިނާގައި އެ ޤައުމުގެ އެންމެ ނަން ހިނގާ އިންސްޓިޓިއުޓްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
ސީއޭއައި އިން ވަނީ ދާދިފަހުން 67 މެމްބަރަކު އިންތިޚާބުކޮށްފައެވެ. އޭގެ ތެރޭގައި އެ ޤައުމުން ބޭރުގެ 18 މީހުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޖަޕާން، ޔޫއެސް، އޮސްޓްރޭލިއާ، ރަޝިއާ ފަދަ ޤައުމުތަކުގެ މީހުން ހިމެނެއެވެ.
މި މެމްބަރުންނަކީ ސީއޭއައި އަށް އެކިގޮތްގޮތުން ލަފާ ދިނުމާއި ފަންނީ އެހީ ހޯދުމުގައި އެހީތެރިކަން ފޯރިކޮށްދިނުމަށް ހޮވާ މެމްބަރުންނެވެ.