މައިލޯ އިންވިޓޭޝަނަލް ކަޕް - މިއަދު ހެނދުނުގެ ދަންފަޅީގެ މެޗުތަކުގެ ނަތީޖާތައް

ކިޔުމަށް ހޭދަވާނީ 2މ 10ސ
މައިލޯ އިންވިޓޭޝަނަލް ކަޕް - މިއަދު ހެނދުނުގެ ދަންފަޅީގެ މެޗުތަކުގެ ނަތީޖާތައް

މައިލޯ އިންވިޓޭޝަނަލް ކަޕްގައި މިއަދު ހެނދުުނުގެ ދަންފަޅީގައި ކުޅެން ހަމަޖެހިފައިވާ 5 މެޗު ކުޅެ ނިމިއްޖެއެވެ.
މިއަދު ހެނދުނުގެ ދަންފަޅީގައި އެންމެ ފުރަތަމަ ބައްދަލުކުރީ ގްރޫޕް އޭގެ މާޒިޔާ ސްޕޯޓްސްގެ އެކެޑެމީއާއި މޯލްޑިވްސް ސޮކާ މޭޓްސް (އެމްެއެސްއެމް) އެވެ. މި މެޗު މާޒިޔާ ބަލިކޮށް، އެމްއެސްއެމް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕްގެ ބީގެ ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭއެމް) އާއި ހުޅުމާލެ ސްޕޯޓްސް ސްކޫލެވެ. މި މެޗު އެސްވީއޭއެމް ބަލިކޮށް، ހުޅުމާލެ ސްކޫލް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ތިންވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގެ ސްރީލަންކާގެ މެންޗެސްޓާ ޔުނައިޓެޑް އެކެޑެމީގެ ރަތް ޓީމާއި ކްލަބް އީގަލްސްގެ އެކެޑެމީއެވެ. މި މެޗު މެންޗެސްޓާ ރަތް ޓީމު ބަލިކޮށް، އީގަލްސް މޮޅުވީ 2-3 ގެ ނަތީޖާއިންނެވެ.

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގެ އިންޑިއާގެ ޓިޕްސް އެފްސީގެ އެކެޑެމީއާއި އާލީ ތަޗް ފުޓްބޯލް އެކެޑެމީ (އީޓީއެފްއޭ) އެވެ. މި މެޗު ޓިޕްސް އެފްސީ މޮޅުވީ 0-1 ގެ ނަތީޖާއިން އީޓީއެފްއޭ ބަލިކޮށްގެންނެވެ.
މިއަދުގެ މި ދަންފަޅީގެ ފަހު މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގެ މާޒިޔާ ސްޕޯޓްސްގެ އެކެޑެމީއާއި ބީޖީ ސްޕޯޓްސްގެ އެކެޑެމީއެވެ. މިއީ މިއަދު ހެނދުނު މާޒިޔާ ކުޅުނު ދެވަނަ މެޗަށްވީއިރު، މި މެޗުން މާޒިޔާ މޮޅުވީ 0-5 ގެ ބޮޑު ތަފާތުން ބީޖީ ބަލިކޮށްގެންނެވެ.

މި ދަންފަޅީގެ މެޗުތައް ނިމުނުއިރު
ގްރޫޕް އޭގެ ތާވަލް
1. މޯލްޑިވްސް ސޮކާ މޭޓްސް 9
2. މާޒިޔާ ސްޕޯޓްސް އެކެޑެމީ 5
3. ކްލަބް އީގަލް އެކެޑެމީ 4
4. މެންޔޫ އެކެޑެމީގެ ރަތް ޓީމު 1
5. ބީޖީ ސްޕޯޓްސް އެކެޑެމީ 0

ގްރޫޕް ބީގެ ތާވަލް
1 ޓިޕްސް އެފްސީ އެކެޑެމީ 9
2. ހުޅުމާލެ ސްޕޯޓްސް ސްކޫލް 6
3. އީޓީއެފްއޭ އެކެޑެމީ 6
4. މެންޔޫގެ އެކެޑެމީގެ ހުދު ޓީމު 0
5. އެސްވީއޭއެމް އެކެޑެމީ 0

މި މުބާރާތުގެ މެޗުތައް މި މަހުގެ 28ވަނަ ދުވަހާ ހަމައަށް ހެންވޭރު ދަނޑުގައި ކުރިއަށްދާނެއެވެ. އެ ގޮތުގެ މިއަދުގެ ހަވީރުގެ ދަންފަޅީގައި މި މުބާރާތުގެ 4 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވެއެވެ.
މިއީ، ކްލަބް މޯލްޑިވްސްއާއި ހުޅުމާލެ ސްޕޯޓްސް ސްކޫލް ގުޅިގެން ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އެހީތެރިކަމާއެކު، 14 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ފުޓުބޯޅަ މުބާރާތެކެވެ.





މިއަދު އޮންލައިން