އިސްލާމް ދީނާ ޚިލާފް ހުވާ ލިޔުނު މައްސަލައިގަ މިނިސްޓަރު އިސްތިޢުފާ ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އިސްލާމް ދީނާ ޚިލާފް ހުވާ ލިޔުނު މައްސަލައިގަ މިނިސްޓަރު އިސްތިޢުފާ ދެއްވައިފި
މުޅި ޕާކިސްތާން ކެކި އުތުރި އަރަމުންދާ އިސްލާމް ދީނާއި ޚިލާފް ހުވާ ލިޔުނު މައްސަލައިގައި ޤާނޫނާއިބެހޭ މިނިސްޓަރު ޒާހިދު ހާމިދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެކަން މީޑިއާތަކުން ރިޕޯޓްކޮށްފައިވީނަމަވެސް ސަރުކާރުން މިކަމާއިބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލަ އާއި ގުޅިގެން ދީނީ ގިނަ ޖަމާއަތްތަކެއް ގުޅިގެން ޕާކިސްތާނުގެ ސަރަހައްދުތަކުގައި ހިންގަމުން ގެންދިއަ ހަަމަނުޖެހުންތައް ހަފްތާތަކަށް ދިގުލައިދިއައިރު ބައެއް ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ގިނަ ބައަކު ވަނީ މަރުވެފައެވެ. އެތައް ބައަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އެއީ އޮޅުމަކުން ލިޔެވުނު އިބާރާތެއް ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި ނަމަވެސް ދީނީ ޖަމާއަތްތަކުން ވަނީ އެކަން ބަލައިގަތުމަށް ދެކޮޅު ހަދައިފައެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ސަރަހައްދުތަކަށް ސިފައިންގެ އެންމެ ބާރުގަދަ އަސްކަރީ ކޮމާންޑް ފޯސްވެސް ނެރެންޖެހުނެވެ.

މިއަދު އޮންލައިން