މީޑިއާތަކުގެ ސަމާލުކަން ހާދިޔާގެ ބަހަށް ހުއްޓިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
މީޑިއާތަކުގެ ސަމާލުކަން ހާދިޔާގެ ބަހަށް ހުއްޓިފަ!
މީޑިއާގެ ސަމާލުކަން މިއަދު އެންމެ ބޮޑަށް އަމާޒުކޮށްފައިވާ އެއްކަމަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ލޯބީގެ ޖިހާދެއް ކުރަމުން ގެންދާ ކޮޓަޔަމްގެ ހާދިޔާ ދިއްލީގެ ސްޕްރީމް ކޯޓުގައި ބުނާނެ ބަހެވެ.

ހާދިޔާގެ ބައްޕަ ބުނަނީ ހާދިޔާ ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރި މީހާ ކައިވެނިކުރީ ހާދިޔާ ވަގަށް ނަގައި އޭނާގެ ސިކުނޑި ދޮވެލައި މަޖުބޫރުން އިސްލާމް ކުރުވައިގެން ކަމަށެވެ. ނަމަވެސް ސްޕްރީމް ކޯޓަށް ހާޒިރުވާން ދިއްލީއަށް ފުރަމުން ކޮޗިން އެއަރޕޯޓުގައި ހުރެވެސް ހާދިޔާ ބުނީ އޭނާ އިސްލާމް ދީނަށް ވަނީ ނުވަތަ އިސްލާމް ވީ އެއްވެސް މަޖުބޫރަކުން ނޫން ކަމަށާއި އޭނާ ބޭނުންވަނީ ފިރިމީހާ އާއިއެކު ދިރިއުޅެން ކަމަށެވެ.

ހާދިޔާގެ މައްސަލަ މިއަދު ދިއްލީގެ ސްޕްރީމް ކޯޓުގައި ކުރިއަށް ގެންދާނެއެވެ. މީޑިއާތައް އިންތިޒާރުކުރަމުންދަނީ ނުކުންނަ ނަތީޖާއަށެވެ.

މިއަދު އޮންލައިން