ޕްރިންސް ހެރީ އާއި މޭގަން މާކްލް އެންގޭޖް ކޮށްފި

ކިޔުމަށް ހޭދަވާނީ 58ސ
ޕްރިންސް ހެރީ އާއި މޭގަން މާކްލް އެންގޭޖް ކޮށްފި
ޕްރިންސް ހެރީ އާއި އެކްޓްރެސް މޭގަން މާކްލް އެންގޭޖް ކޮށްފި ކަމަށް ކްލޭރެންސް ހައުސް އިން އިއުލާން ކޮށްފިއެވެ.

ކްލޭރެންސް ހައުސް އިން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރިންސް ހެރީ އާއި މޭގަން މާކްލް ކައިވެނި ކުރައްވަން އުޅޭ ކަމުގެ ޚަބަރު ޕްރިންސް އޮފް ވޭލްސް އުފަލާއިއެކު ޙިއްސާ ކުރައްވާފައިވާ ކަމަށެވެ.

އެކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ސްޕްރިންގް ގައި ކަމަށާއި ކައިވެންޏާއި މެދު އިތުރު ތަފްސީލް ފަހުން ދެއްވާނެ ކަަމަށް ވެސް ބަޔާނުގައިވެއެވެ.

"ޕްރިންސް ހެރީ އާއި މޭގަން މާކްލްއެންގޭޖް ކުރައްވާފައިވަނީ މިމަހު ކުރީކޮޅު ލަންޑަން ގައި. އެންގޭންޖްމެންޓް ކުރައްވައިފި ކަމަށް އިނގިރޭވިވިލާތުގެ ރާނީއަށާއި އާއިލާގެ އެހެން ބޭފުޅުންނަށް ވެސް ވަނީ އަންގަވާފައި" ކްލޭރެންސް ހައުސް އިން ނެރުނު ބަޔާނުގައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކައިވެންޏަށްފަހު އެދެމަފިރިކަނބަލުން ދިރިއުޅުމަށް ނިންމާފައިވަނީ ކެންސިންގޓަން ޕެލެސް ގެ ނޮޓިންގްހަމް ކޮޓެޖް ގައެވެ.
މިއަދު އޮންލައިން