ޒިންހުއާ ނިއުސް އެޖެންސީން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މިއީ ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި ބޯޓަކާއި ދަގަނޑު ހިފައިގެން އެ ސަރަހައްދުން ދަތުރުކުރި ބޯޓެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރީ ލަކުޑި ބޯޓެއް ކަމަށެވެ.
ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި ބޯޓުގައި 5,000 ޓަނުގެ ހިލައާއި ހިލަވެލި ހުރި ކަމަށާއި ދަގަނޑު ހިފައިގެން ދަތުރުކުރި ބޯޓުގައި 5038 ޓަނުގެ ދަގަނޑު ހުރި ކަަމަށް ޒިންހުއާ އިން ވަނީ ބުނެފައެވެ. އަދި ބޯޓު އަޑިއަށް ގޮސްފައިވަނީ ރޭ މެންދަމު ތިނެއް ޖަހާ އެހާކަންހާއިރު ކަމަށްވެސް ޒިންހުއާ ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.
ގުއަންޒޫ ސިޓީގެ މެރިޓައިމް ރެސްކިއު އެންޑް ސަރޗް ސެންޓަރުން ބުނީ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ހޯދިފައިވަނީ 2 މީހުން ކަމަށެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އަސްކަރީ ހެލިކޮޕްޓަރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިއީ ޗައިނާގެ އިރުމަތީގެ ދެ އަވަށް ކަމަށްވާ ޖިންގސޫ އާއި ފުޖިއާންގައި ރެޖިސްޓްރީކޮށްފައިވާ ދެ އުޅަނދެވެ.