އަންހެނަކަށް ހެދިގެން ދުބާއީގައި ދިރިއުޅޭ އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށް އޮޅުވާލައި ގޮވައިގެން ގޭގެ ރޫފްޓޮޕަށް ގެންގޮސް ޖިންސީ ގޯނާ ކުރުމަށްފަހު މަރައިލި ޕާކިސްތާނުގެ މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފިއެވެ.
އޭނާ މޫނު ބުރުގާ އަޅައިގެން ގޮސް ކުއްޖާ އާއި ބައްދަލުކޮށްފައި ބުނީ ރޫފްޓޮޕްގައި ބޭއްވިފައި އޮތް އެއްޗެއް ބަލާ އެކަނި މައްޗަށް އަރަން ނުކެރިގެން އޭނާ އާއިއެކު ގޮސް ދިނުމަށެވެ.
އެއީ ތެދެއް ކަމަށް ޤަބޫލުކޮށް ރޫފްޓޮޕަށް އޭނާ އާއިއެކުގައި ދިއުމުން ގަދަކަމުން ޖިންސީ ގުޅުން ހިންގުމަށްފަހު ކުއްޖާ މަރައިލީއެވެ.
ކޯޓުން ވަނީ މަރުވި ކުއްޖާގެ މަރުގެ ދިޔައިގެ ގޮތުގައި 200،000 ދިރުހަމް ދިނުމަށްވެސް ޙުކުމްކޮށްފައެވެ.