ފިރިމީހާއަށް "ކަޓްޖައްސަން" ކޮންމެ ރެއަކު ގެއިން ނުކުންނަ އިރަށް ފެންނަ ހަރުފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފިރިމީހާއަށް "ކަޓްޖައްސަން" ކޮންމެ ރެއަކު ގެއިން ނުކުންނަ އިރަށް ފެންނަ ހަރުފަ
އިންޑިއާގެ ގުޖްރާތުގައި ދިރިއުޅޭ އަންހެނަކު ފިރިމީހާ ނިދުމުން ކޮންމެ ރެއަކު ސިއްރުން ގޯތިތެރެއަށް ނުކުންނަނީ ލޯބިވެރިޔާ އާއި ބައްދަލުކުރުމަށެވެ. ކޮންމެ ރެއަކުވެސް ނުކުންނަ އިރަށް ފެންނަނީ ބޮޑު ހަރުފައެކެވެ.

ތަފާތު ރޭތަކުގައި ނުކުތުމުން ވެސް ހަމަ ފެންނަނީ ހަރުފައެކެވެ. ބޮޑު ބިޔަ ހަރުފައެކެވެ. އެހެންކަމުން އޭނާއަށް ޖެހެނީ އެނބުރި ގެއަށް ވަންނާށެވެ.

މިވާހަކަ ފިރިމީހާއަށް ކިޔައިދިނުންވެސް ވަރަށް އުނދަގުލެވެ. ސަބަބަކީ ފިރިމީހާ ނިދުމުން އޭނާ ގޯތިތެރެއަށް ނުކުންނަ ސަބަބާއިމެދު ފިރިމީހާ ސުވާލުކުރާނެތީއެވެ.

ކޮންެމެ ގޮތެއްވީނަމަވެސް އެންމެ ރަނގަޅުކަމަށް ބަލައި އެއް ދުވަހަކު ފިރިމީހާ ގާތު އެވާހަކަ ބުނުމުން ފިރިމީހާ ފުރަތަމަވެސް ކުރި ސުވާލަކީ ގެއިން ބޭރަށް އެގަޑީގައި ނުކުންނަނީ ކާކާ ބައްދަލުކުރަންތޯއެވެ؟

އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ގެއިން ބޭރަށް ނުކުންނަނީ ކޮންމެވެސް މީހަކާއި ބައްދަލުކުރަންކަން ފިރިމީހާއަށް އެނގުނީތީއެވެ. އެހެންކަމުން ޖަވާބުދެވޭނެ ގޮތެއް ނުވިއެވެ. އަޅައިގަންނަވަރުންނެވެ.
ފިރިމީހާ އޭނާގެ ވާހަކަފެށިއެވެ.

އަހަރެން އަންހެނަކު ދެކެ ވަރަށް ލޯބިވީމެވެ. އޭނާވެސް އަހަރެން ދެކެ ވަރަށް ލޯބިވިއެވެ. ނަމަވެސް ކައިވެނިކުރެވޭނެ ގޮތް ނުވީ އޭނާގެ އާއިލާއިން ދެކޮޅު ހެދުމުންނެވެ. އެންމެފަހުން ދެމީހުން ނިންމީ އެއްވެސް މީހަކު އެއްވެސް ކައިވެންޏެއް ނުކުރުމަށެވެ. ދެމީހުންވެސް ދެމީހުންގެ ލޯބީގެ ހަނދާނުގައި ދިރިއުޅުމަށެވެ.

ދެއަހަރެއްހައި ދުވަސް ފަހުން ގަދަހުމެއްޖެހިފައި އޭނާ މަރުވީއެވެ. ކަލެއާއި ކައިވެނިކުރީ މަރުވިތާ 4 އަހަރު ފަހުންނެވެ.

ކައިވެނި ކުރި ރޭ ވެސް އޭނާ ހުވަފެނުގައި އަހަރެންނާއި ބައްދަލުކުރިއެވެ. އަދި ބުންޏެވެ. "ކަލާ ވައުދު އުވާލައިފީމުއެވެ. ކައިވެނިވެސް ތިއަކުރީއެވެ. އަދި ބުނަން ހެއްޔެވެ؟ ކަލާ ކައިވެނި ކުރި އަންހެނަކީ ކަލާއަށް ތެދުވެރިވާނެ އަންހެނެއް ނޫނެވެ. އޭނާ ކަލާއަށް ޚިޔާނާތްތެރިވާނެއެވެ. އަހަރެންނަށް ވެވެން އޮތް ނަމަ އެކަމުން ކަލާ ސަލާމަތް ކުރަން މަސައްކަތްކުރާނަމެވެ."

ތިބާ ކައްވަޅުގައި އޮވެގެން އެކަން ކުރާނެ ގޮތަކާއިމެދު އަހަރެން ސުވާލުކުރީމެވެ. ޖަވާބުގައި ބުނީ ބޮޑު ހަރުފައެއް ފަދައިން އަހަރެން އޭނާއަށް ފެންނާނަމެވެ. އޭނާ ހުއްޓުވާނަމެވެ. އަހަރެން މިހާރު ބޭނުމީ ތިއަ ކައިވެނީގައި ބަރަކާތް ލެއްވެވުމެވެ.

ކޮންމެއަކަސް އެއީ ހުވަފެނެކެވެ. ކަންތައްތައްވެސް ވެނިމުނީއެވެ. ކަލޭ އަހަރެންނަށް ޚިޔާނާތްތެރި ވެއްޖައީމުއެވެ. ދެން ކަލެއާއިއެކު އަހަރެން ރޭކުރާނީ އަހަރެންެގެ ލޯބިވެރިޔާ އާއި ބައްދަލުވެ ލަފާދިން ގޮތަކަށެވެ.

އަޑުތައް އަހާފައި ނީލާއަށް ވަރަށް އަސަރުކުރިއެވެ. އަދި ކުށަށް އިއުތިރާފްވެ މާފަށްވެސް އެދުނެވެ. އުޅުން އިޞްލާޙްކޮށް ރަނގަޅު ގޮތުގައި އުޅެން ވެސް ފެށިއެވެ.

ނީލާގެ އިންތިޒާރު ނިމުނީ 2 އަހަރު ފަހުންނެވެ. ފިރިމީހާއަށް ލޯބިވެރިޔާ ހުވަފެނުން ފެނި ދެމީހުން ގުޅިގެން އެކުގައި އުޅެން ނަޞޭޙަތް ދިނުމުންނެވެ.
މިއަދު އޮންލައިން