30 ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފި، ކޮންމެދުވަހަކު ސެމްސަންގ ގެލެކްސީ ނޯޓް 8 އެއް ލިބޭ

ކިޔުމަށް ހޭދަވާނީ 1މ 53ސ
30 ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފި، ކޮންމެދުވަހަކު ސެމްސަންގ ގެލެކްސީ ނޯޓް 8 އެއް ލިބޭ
އުރީދޫ މޯލްޑިވްސްއިން 30 ދުވަހަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

"އެންޖޯއި ދަ އިންޓަރނެޓް" ކެމްޕެއިނުގެ ދަށުން އެކުންފުނީގެ ކަސްޓަމަރުންނަށްދޭ ހަދިޔާއެއްގެ ގޮތުގައި މިއަދު ފެށި މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކުވެސް އެންމެފަހުގެ ސެމްސަންގ ގެލެކްސީ ނޯޓް 8 އެއް ލިބޭނެއެވެ.

"ވިން އަ ގެލެކްސީ ނޯޓް 8 އެވްރީ ޑޭ" ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަނަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ.

ދުވަހުގެ ނަސީބުވެރިޔާ ހޮވާނީ އެދުވަހަކު މަދުވެގެން 99 ރުފިޔާގެ ޑޭޓާ ޚިޔާރުކުރައްވާ ކަސްޓަމަރުންގެ ތެރެއިންނެވެ. މީގެ ތެރޭގައި އުރީދޫގެ ތަފާތު މޮބައިލް ޑޭޓާ ޕެކޭޖުތަކާއި މޮބައިލް ބްރޯޑްބޭންޑް އަދި ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖުވެސް ހިމެނެއެވެ.

މި ޕްރޮމޯޝަނާއި ބެހޭގޮތުން އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އެއްދުވަހުން އަނެއްދުވަހަށް ބަދަލުވެ، ފުޅާވަމުންދާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ،އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އުރީދޫގެ ނެޓްވަރކް އަކީ އިންޓަރނެޓްގެ ޚިދުމަތް ހޯދުމަތް އެންމެ ފަސޭހަ، އެންމެ ފުރިހަމަ ނެޓްވަރކް ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ.

" މިގޮތުން އުރީދޫގެ ޑޭޓާ ކަސްޓަމަރުންނަށް މި ޚާއްސަ ޕްރޮމޯޝަން ތައާރަފްކުރަނީ ވަރަށްވެސް އުފަލާއި އެކު، އަދި އުއްމީދު ކުރަނީ މިފަދަ އޮފަރތަކުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެންދާނެކަމަށް." ނަޖީބު ޚާން ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ މަޤުބޫލު މޮބައިލް ޑޭޓާ ނެޓްވާރކްގެ ގޮތުގައިއެންމެ ރަނގަޅު ފެންވަރުގައި އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް އަންނަނީ ދެމުންނެވެ. މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އަދި ހަމައެކަނި 4G ނެޓްވަރކްގެ ގޮތުގައި އުރީދޫގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވެސް އިންޓަރނެޓްގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިއްބައިދިނުމެވެ.

ވިން އަ ގެލެކްސީ ނޯޓް 8 އެވްރީ ޑޭ ޕްރޮމޯޝަނާއި އުރީދޫ މޮބައިލް އިންޓަރނެޓް ޚިދުމަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށްOoredoo.mvއާއި އުރީދޫގެ ޑިޖިޓަލް މީޑިޔާ ޓަޗްޕޮއިންޓްތަކަށް ޒިޔާރަތްކުރުމުން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން