ބަންގްލަދޭޝްގައި ތިބި ރޮހިންޔާ މުސްލިމުން އަނބުރާ ރާކިން ސްޓޭޓަށް ފޮނުވުމުގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފައިވީ ނަމަވެސް ފާއިތުވި 14 ވަރަކަށް ދުވަހުގެ ތެރޭގައި އެކަނިވެސް 3000 ރިފިޔުޖީން އިތުރުވެފައިވާކަމަށް އދ އިން ބުނެފިއެވެ.
ބޯޑަރ ސެކިޔުރިޓީ ޗީފް ބުނަނީ އެއްބަސްވުމުގައި ސޮއިކުރިފަހުންވެސް 400 ރިފިޔުޖީން އެތެރެވެފައިވާ ކަމަށެވެ.
ރޮހިންޔާ މުސްލިމުންނަށް ގޮތެއް ހޯދައި ނުދީ އަނބުރާ މިޔަންމާއަށް ފޮނުވައިފިނަމަ އެމީހުންނަށް އެއްވެސް ސަލާމަތެއް ނެތް ކަމަށް އދ އިން ދަނީ ބުނަމުންނެވެ. ނަމަވެސް އދ ގެ ބަހަށް ދުނިޔޭގެ އެއްވެސް ސަމާލުކަމެއް އަދި ނުލިބެއެވެ.