ގްލޯބަލް ބިޒްނަސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިވަންކާ ޓްރަމްޕް ހައިދރު އާބާދަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ގްލޯބަލް ބިޒްނަސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިވަންކާ ޓްރަމްޕް ހައިދރު އާބާދަށް
އިންޑިއާގެ ހައިދަރު އާބާދުގައި މިއަދު ފަށާ ގްލޯބަލް ބިޒްނަސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް ހައިދަރުއާބާދަށް ވަޑައިގެންފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 30އަށް ކުރިއަށް ގެންދާ މި ބައްދަލުވުމަށް އިވަންކާ ވަޑައިގަތީ އެމެރިކާގެ 38 ސްޓޭޓުގެ 350 ވިޔަފާރިވެރިންނާއިއެކުގައެވެ.

މިސަމިޓަކި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ސަމިޓަކަށްވާތީ 200 ބަައިވެރިންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނެވެ. ބައްދަލުވުމުގެ ތީމަކަށް ކަނޑައަޅާފައިވަނީ "ވިމަންސް ފަސްޓް- ޕްރޮސްޕަރިޓީ ފޮރ އޯލް" އެވެ.

އިވަންކާ ހައިދަރު އާބާދަށް ވަޑައިގަންނަވަން ހަމަޖެހުމުން މަގުތަކުގައި އުޅޭ ސަލާންޖަހާ މީހުން ބަންދުކޮށް ކުއްތާތަށް ވަނީ މަގުތަކުން ހުސްކޮށްފައެވެ.

މިއީ އެމެރިކާ އާއި އިންޑިއާ ގުޅިގެން ބާއްވާ ސަމިޓެކެވެ.

މިއަދު އޮންލައިން