އައި ރަނަރސް އިން އައްޑޫސިޓީގައި އަނެއްކާވެސް ދުވުމެއް ބާއްވަނީ، މި ފަހަރު 5 ކިލޯމީޓަރ

ކިޔުމަށް ހޭދަވާނީ 55ސ
އައި ރަނަރސް އިން އައްޑޫސިޓީގައި އަނެއްކާވެސް ދުވުމެއް ބާއްވަނީ، މި ފަހަރު 5 ކިލޯމީޓަރ
ދުވުމުގައި ރާއްޖޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުން އަންނަ އައި ރަނަރސް އިން އައްޑޫސިޓީގައި އަނެއްކާވެސް ދުވުމެއް ބާއްވަން ނިންމައިފިއެވެ.

ޒުވާން ކޯޗު އަދި އައި ރަނަރސްގެ ފައުންޑަރ ޙުސައިން ސުޖާޢު ވިދާޅުވީ މި ފަހަރު ބާއްވަނީ 5 ކިލޯމީޓަރުގެ ދުވުމެއް ކަމަށެވެ. އަދި މި ދުވުން އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ.

ކޯޗު ސުޖާޢު ވިދާޅުވީ މި ދުވުމުގައި ރަޖިސްޓްރީވުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި "އައި ރަނަރސް އައްޑޫ 5K" ގައި ކުޑަކުދިންނަށް ޚާއްސަ ދުވުމަކާއި ބޮޑެތި މީހުންނަށް ޚާއްސަ ދުވުމެއް ބާއްވާނެ ކަމަށެވެ.

" މި ދެ އިވެންޓު އޮންނާނީ ވަކިން. މި އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް އަޅުގަނޑުމެން ހަދިޔާކުރާނީ އައްޑޫގެ އެންޖީއޯ އަކަށް. މިއީ ޗެރިޓީ އިވެންޓެއް،" ޝުޖާޢު ވިދާޅުވިއެވެ.

އައި ރަނަރސް އިން ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި "އައްޑޫ މެރަތަން" ގެ ނަމުގައި މެރަތަންއެއް ބާއްވާ، ގިނަ ބަޔަކު ދުވުމުގެ ތެރެއަށް ޚާއްސަކޮށް ދިގު ދުވުމުގެ ތެރެއަށް ނެރެފައެވެ.

މިއަދު އޮންލައިން