ޗައިނާގެ ޕާރލް ކޯރުގައި އިއްޔެ ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހުންގެ ތެރެއިން 5 މީހުން ސަލާމަތްކޮށްފިއެވެ.
ގުއަންޒޫ ސިޓީގެ މެރިޓައިމް ރެސްކިއު އެންޑް ސަރޗް ސެންޓަރުން ބުނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި 7 މީހުން އަދިވެސް ނުފެންނަ ކަމަށެވެ.
މިއީ ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި ބޯޓަކާއި ދަގަނޑު ހިފައިގެން ދަތުރުކުރި ބޯޓެއް ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި ބޯޓުގައި 5,000 ޓަނުގެ ހިލައާއި ހިލަވެލި ހުރި ކަމަށާއި ދަގަނޑު ހިފައިގެން ދަތުރުކުރި ބޯޓުގައި 5,038 ޓަނުގެ ދަގަނޑުހުރިކަމަށް ޒިންހުއާ ނިއުސް އެޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.
އިއްޔެރޭ މެންދަމު ތިނެއް ޖަހާ އެހާކަންހާއިރު ހިނގި އެ ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށާއި ސަލާމަތްކުރުމުގެ މަސައްކަތުގައި އަސްކަރީ ހެލިކޮޕްޓަރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި 20 ޑައިވަރުންނާއި މީހުން ސަލާމަތްކުރުމުގައި 300 މީހުން އަންނަކަމަށްވެސް އެ ޤައުމުގެ ނޫސްތަކުން ބުނެއެވެ.
މި ދެ އުޅަނދަކީވެސް ޗައިނާގެ އިރުމަތީގެ ދެ އަވަށް ކަމަށްވާ ޖިންގސޫ އާއި ފުޖިއާންގައި ރެޖިސްޓްރީކޮށްފައިވާ ދެ އުޅަނދެވެ.