އެމެރިކާގެ ކެރޮލިނާ އަވަށުގައި އުމުރުން ތިން އަހަރުގެ މާރިއާ ވުޑްސް ގެއްލިގެން އުޅޭތާ ތިން ދުވަސްވީއެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކެރޮލިނާގައި ގެއްލިގެން އުޅޭ މާރިއާ ހޯދުމުގެ މަސައްކަތް، އެމެރިކާގެ ތަޙުޤީޤީކުރުމުގެ މައި އިދާރާ އެފްބީއައިއާ ގުޅިގެން އެ އަވަށުގެ ފުލުހުން ވަނީ ފަށައިފައެވެ.
މާރިއާގެ މަންމައަށް އެންމެ ފަހުން އޭނާ ފެނުނީ ގެއްލުނު ރޭ، އޭނާގެ އެނދުގައި ނިންދަވަން ބާއްވަމުންނެވެ. އޭގެ ފަހުން ކޮޓަރި ބެލިއިރު މާރިއާ ފެންނަން ނެތް ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.
މާރިއާ ގެއްލިގެން އުޅޭތާ ތިން ދުވަސްވީ ނަމަވެސް އަދި ފުލުހުންނަކަށް އޭނާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނެތް ކަމަށް ޚަބަރުތައް ލިބެއެވެ.