ސުލްހައިގެ މަޝްވަރާ ކުރުމަށް ސީރިއާއިން ޖެނީވާއަށް ދަނީ

ކިޔުމަށް ހޭދަވާނީ 27ސ
ސުލްހައިގެ މަޝްވަރާ ކުރުމަށް ސީރިއާއިން ޖެނީވާއަށް ދަނީ
ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް ސުލްހައިގެ މަޝްވަރާތައް ކުރުމަށް ސީރިއާއިން ޖެނީވާއަށް ދިއުމަށް ނިންމާފައިވާ ކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުނެފިއެވެ.

ޖެނީވާގައި ހުންނަ ސީރިއާގެ މަންދޫބާ ޙަވާލާދީ ޒިންހުއާ އިން ބުނެފައިވަނީ އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ކޮން ބޭފުޅެއް ކަމެއް އަދިނޭނގޭ ކަމަށެވެ. ނަމަވެސް ސީރިއާގެ މަންދޫބަކު މާދަމާ ޖެނީވާއަށް ދާނެކަމަށެވެ.

މި މަޝްވަރާތަކުގައި އެމެރިކާއާއި ޔޫއެންގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ޒިންހުއާ ނިއުސް އެޖެންސީން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން