އުރީދޫ ގޭމް ސްޓޯރ ތައާރަފް ކުރުމާއި އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮބައިލް ގޭމް ސްޓޯރެއް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އުރީދޫ ގޭމް ސްޓޯރ ތައާރަފް ކުރުމާއި އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮބައިލް ގޭމް ސްޓޯރެއް ތަޢާރަފްކޮށްފި
މޮބައިލް ގޭމިންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ނެރޭ ފުރަތަމަ ގޭމް ސްޓޯރ ކަމަށްވާ އުރީދޫ ގޭމް ސްޓޯ މިއަދު އެކުންފުނިން ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ މި ސްޓޯރ މެދުވެރިކޮށް، މޮބައިލް ބޭނުންކޮށްގެން ކުޅޭ އެންމެ މަޤްބޫލު ގޭމުތައް ޑައުންލޯޑުކޮށް، އެއްވެސް އިޝްތިހާރަކާއި ނުލާ ކުޅެވޭނެ ކަމަށެވެ.

"އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވީ "އަޅުގަނޑުގެ ކަސްޓަކަރުންނަށް ކަމުދާ، އައު ޚިދުމަތްތައް ރާއްޖޭގައި ތައާރަފްކުރުމަކީ، އުރީދޫ އިން ހާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމެއް. މިގޮތުން، އުރީދޫ ގޭމް ސްޓޯ އިން އެންމެ ފަހުގެ މޮބައިލް ގޭމުތައް، ފަސޭހަކަމާއި އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ގުޅުވާލަދޭނެ. މިފަދަ، ރާއްޖެއަށް މުޅިން އައުޚިދުމަތެއް ތައާރަފް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރާނީ މި ސްޓޯރ އިތުރަށް ފުޅާކޮށް، މޮބައިލް ގޭމް ކުޅުއްވާ ބޭފުޅުންނަށް ކަމުދާނެ ގިނަ ގޭމްތަކާއި، ތަފާތު ފީޗަރތައް އިތުރު ކުރުމަށް" ކަމަށެވެ.

މޯބައިލް ފޯނަށް ޚާއްޞަ އުރީދޫ ގޭމް ސްޓޯ ޚިޔާރުކުރައްވައިގެން، www.ooredoogames.com މެދުވެރިކޮށް ފަހުގެ އެންޑްރޮއިޑް އަދި އެޗްޓީއެމްއެލް 5 ގޭމުތައް ޑައުންލޯޑު ކުރެވޭނެއެވެ. ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް، އުރީދޫ ގޭމް ސްޓޯރގެ ޚިދުމަތް ހޯދުމަށްޓަކައި ޚިޔާރުކުރެވޭނެ ޚާއްސަ ތިން އޮފަރ އެއް ވަނީ ތައާރަފް ކޮށްފައެވެ:



މިގޮތުން އެންޑްރޮއިޑް ފޯނު ބޭނުން ކުރައްވާ ބޭފުޅުންނަށް، އުރީދޫ ގޭމް ސްޓޯ އިން ތަފާތު ގޭމިންގ އެޕްތައް ޑައުންލޯޑުކުރެވޭނެއެވެ. އަދި އައިއޯއެސް ބޭނުން ކުރަށްވާ ބޭފުޅުންނަށް، ގޭމް ސްޓޯގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ގޭމުތައްއޮންލައިކޮށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އުރީދޫ ގޭމް ސްޓޯ އާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އުރީދޫގެ ޑިޖިޓަލް މީޑިޔާ ޓަޗްޕޮއިންޓް ތަކަށް ޒިޔާރަތްކޮށްލެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން