ލޯބީގެ ޖިހާދު: ސްޕްރީމް ކޯޓުން "ގައިދީއެއްގެ" ގޮތުގަ ހާދިޔާ ކޮލެޖަށް ފޮނުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ލޯބީގެ ޖިހާދު: ސްޕްރީމް ކޯޓުން "ގައިދީއެއްގެ" ގޮތުގަ ހާދިޔާ ކޮލެޖަށް ފޮނުވައިފި
ލޯބީގެ ޖިހާދެއް ކުރަމުން ގެންދާ އިންޑިއާގެ ކޮޓަޔަމަށް ނިޞްބަތްވާ ހާދިޔާ "ގައިދީއެއްގެ" ގޮތުގައި އޭނާ ކިޔަވަމުން ދިއަ ސާލެމްގެ މެޑިކަލް ކޮލެޖަށް ސްޕްރީމް ކޯޓުން ފޮނުވައިފިއެވެ.

ހާދިޔާ ސްޕްރީމް ކޯޓުގައި އެދުނީ މިނިވަން ކަމަށެވެ. އަދި ފިރިމީހާ އާއިއެކު ދިރިއުޅެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ. އަދި އޭނާއަކީ ކައިވެނިކޮށްގެން ހުރި އަންހެނަކަށްވާތީ ބެލެނިވެރިކަން ފިރިމީހާ އާއި ހަވާލުކޮށްދިނުމަށެވެ.

ހާދިޔާގެ އެދުމަށް ކޯޓުން ބުނެފައިވަނީ އެއްވެސް މީހަކީ އެހެން މީހެއްގެ އަޅެއް ނޫން ކަމަށެވެ. ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ މިހާރު ހުރި ގޭބަންދުން ސަލާމަތްވީ ކަމަށާއި އޭނާ ކިޔަވަމުން ދިއަ ކޮލެޖަށް ގޮސް ހޮސްޓެލްގައި ދިރިއުޅުމަށެވެ. ހޮސްޓެލަށް ދިއުމުން ޕްރިންސިޕަލް އެންގީ އެއްވެސް މީހަކާއި، ފިރިމީހާ ވެސް ހިމެނޭ ގޮތަށް ބައްދަލުކުރެވޭނީ ޕްރިންސިޕަލްގެ ހުއްދަ ލިބިގެން ކަމަށެވެ.

ހާދިޔާ ބުނީ ހޮސްޓެލުގައި އޭނާއަށް ހުންނަން ޖެހިފައިވަނީ ޤައިދީއެއްގެ ގޮތުގައި ކަމަށެވެ. އެއީ އޭނާ ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ހާދިޔާގެ ކައިވެންޏާއިމެދު ގޮތެއް ނިންމަން ސްޕްރީމް ކޯޓުގައި ބާއްވާ އަޑުއެހުން އޮންނާނީ އަންނަ ޖަނަވަރީ މަހުއެވެ.

މިއަދު އޮންލައިން