ޒިމްބާބްވޭގެ ސަރުކާރުން ވަގަށް ނެގި ފައިސާތައް ދައްކަން ރައީސް ނަންގަގްވާ ގޮވާލައިފި

ކިޔުމަށް ހޭދަވާނީ 45ސ
ޒިމްބާބްވޭގެ ސަރުކާރުން ވަގަށް ނެގި ފައިސާތައް ދައްކަން ރައީސް ނަންގަގްވާ ގޮވާލައިފި
ޒިމްބާބްވޭގެ ސަރުކާރުން ވަގަށް ނަގައި، އެ ޤައުމުން ބޭރުކޮށްފައިވާ ފައިސާތައް ސަރުކާރަށް ތިން މަސް ތެރޭގައި އަނބުރާ ދައްކަން ޒިމްބާބްވޭގެ ރައީސް އެމާސަން ނަންގަގްވާ ގޮވާލައިފިއެވެ.

ނަންގަގްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޒިމްބާބްވޭގެ ސަރުކާރުގެ އެތައް މުދަލަކާއި ފައިސާތަކެއް ވަގަށް ނަގައިގެން ޤައުމުގެ ބޭރުގައި ފޮރުވައިގެން އުޅޭ ކަމަށާއި އެ ފައިސާތައް ފޮރުވައިގެން އުޅޭ މީހުންނަށް އަނބުރާ ސަރުކާރަށް އެ ފައިސާތައް ދެއްކުމަށް އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް މުހުލަތުދޭކަމަށެވެ.

އަދި އެ މުހުލަތުގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށާއި، ދައްކާ މީހުން ސަލާމަތްވެގެންދާނެކަމަށް ވެސް އެ ބަޔާނުގައި ނަންގަގްވާ ވިދާޅުވެފައިވެއެވެ.

ޒިމްބާބްވޭގެ ރައީސްކަމުން ރޮބޯޓު މުގާބޭ އިސްތިއުފާދިނުމުން ވަގުތީ ގޮތުން އެ ޤައުމުގެ ވެރިކަމާ ނަންގަގްވާ ހަވާލުވީ މިދިޔަ ހުކުރު ދުވަހުއެވެ.
މިއަދު އޮންލައިން