ޗައިނާގެ ސިލްކް ރޯޑު ފިލްމު ފެސްޓިވަލްގެ އެމްބެސެޑަރގެ މަޤާމަށް ވޫ ޖިންގ ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 56ސ
ޗައިނާގެ ސިލްކް ރޯޑު ފިލްމު ފެސްޓިވަލްގެ އެމްބެސެޑަރގެ މަޤާމަށް ވޫ ޖިންގ ހަމަޖައްސައިފި
ޗައިނާގެ ސިލްކް ރޯޑު ފިލްމު ފެސްޓިވަލްގެ އެމްބެސެޑަރގެ މަޤާމަށް ވޫ ޖިންގ ހަމަޖައްސައިފިއެވެ.

އެ ޤައުމުގެ އެކްޓަރ އަދި ޑައިރެކްޓަރ އެ މަޤާމަށް ހަމަޖައްސާފައިވަނީ ފުޖިއަން ޕްރޮވިންސްގައި މިހާރު ކުރިއަށްދާ "ސިލްކް ރޯޑް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް" ހުޅުވުމަށް ބޭއްވި ޚާއްސަ ހަފުލާގައެވެ.

ފިލްމެއްގެ ޝޫޓިންގއެއްގަ އުޅުމުގެ ތެރޭގައި އޭނާގެ ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ވީ ޖިންގ އެ ހަފުލާއަށް ގޮސްފައިވަނީ ދަނޑިގަނޑުގެ އެހީގައެވެ.

މި ފެސްޓިވަލްގައި ފީޗަރ ފިލްމާއި ޑޮކިއުމެންޓްރީ އާއި އެނިމޭޝަން ފިލްމްތައް ވަނީ ބައިވެރިކޮށްފައެވެ. އަދި މި ފެނސްޓިވަލްގައި ދުނިޔޭގެ އެކި ޤައުމުތަކުންވެސް ފިލްމު ބައިވެރިކުރެއެވެ.

ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ގިނަ ޢަދަދެއްގެ ފަންނާނުންނާއި ޑައިރެކްޓަރުން ވަނީ ބައިވެރިވެފައެވެ.

މިއީ 4 ވަނަ ސިލްކް ރޯޑު ފިލްމް ފެސްޓިވަލެވެ. މި ފެސްޓިވަލް އަންނަ ހަފުތާގެ އާދީއްތަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.
މިއަދު އޮންލައިން