އުރީދޫ މޯލްޑިވްސް އިން އަންނަ މަހު ބާއްވާ ކަލަރ ރަންގެ އެކްސްޕޯ މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
މުވާސަލާތީ ކުންފުނިން ބުނީ މި އެކްސްޕޯ އޮންނާނީ އާޓިފިޝަލް ބީޗުގައި މާދަމާ ކަމަށެވެ. އަދި މި އެކްސްޕޯގައި އޮންނާނީ ބިބް، ޓީޝާޓް އަދި ކިޓް ދޫކުރުން ކަމަށެވެ.
އުރީދޫ އިން ބުނީ އެކްސްޕޯ ކުރިއަށްދާނީ މާދަމާ މެންދުރުފަހު 14:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް ކަމަށެވެ.
ކަލަރ ރަން ބޭއްވުމަށް ނިންމާފައިވަނީ ޑިސެމްބަރ 2 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ.
އުރީދޫ އިން ބުނީ ކަލަރ ރަންއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މި ދުވުމުގައި ތިންހާހަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.
ޢާންމުކޮށް ބާއްވާ ދުވުންތަކާއި ޚިލާފަށް މި ދުވުމުގައި ސަޕްރައިޒްތަކެއްވެސް ފެނިގެންދާނެ ކަމަށްވެސް އުރީދޫ އިން ބުންޏެވެ.
5 ކިލޯ މީޓަރުގެ މި އިވެންޓުގައި ކޮންމެހެން ދުވާކަށް ނުޖެހެއެވެ. އަދި ވަކި ވަގުތެއްގައި ނިންމާކަށްވެސް ނުޖެހެއެވެ. އެހެންކަމުން ދުވެފަ ނޫނީ ހިނގާފަވެސް މި އިވެންޓު ފުރިހަމަ ކުރެވިދާނެއެވެ.
މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަމެއް ކަމުގައި ދެއްކުމުގެ މަޤުޞަދުގައި ބާއްވާ ދުވުމެކެވެ.