މޫނު ނިވާކޮށްގެން ދަނޑަކަށް ވަން ބައަކު ދަނޑުވެރިޔާގެ ލޮލަށް ވަޅި ހަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
މޫނު ނިވާކޮށްގެން ދަނޑަކަށް ވަން ބައަކު ދަނޑުވެރިޔާގެ ލޮލަށް ވަޅި ހަރައިފި
ނިޔުޒީލަންޑުގެ ދަނޑަކަށް ވަން މޫނު ނިވާކޮށްގެންތިބި 4 މީހަކު ދަނޑުވެރިޔާގެ ލޮލަށް ވަޅި ހަރައިފިއެވެ.

ދަނޑުވެރިޔާ ބުނީ އެމީހުން ވަނީ ވައްކަންކުރަން ކަމަށާއި ވަޅި ނެގުމުން އެމީހާގެ އަތުގައި ހިފެހެއްޓުމުން އެހެން މީހަކު އޭނާގެ ލޮލަށް ވަޅިއެއް ހަރައިލީ ކަމަށެވެ.

ޑޮކްޓަރުން ބުނަނީ އޭނާގެ ލޯ ސަލާމަތް ނުކުރެވޭނެ ކަމަށާއި ޖެހޭނީ ލޮލެއް ލައްވަން ކަމަށެވެ. ނޫންނަމަ އިންފެކްޝަނުގެ ސަބަބުން ދެވަނަ ލޮލަށް ވެސް ގެއްލުން ލިބޭނެ ކަމަށެވެ.

ފުލުހުން ބުނީ އެމީހުން ހޯދާ ކަމަށާއި ވައްކަންކުރަން ވަން މީހުން ދަނޑުވެރިޔާގެ ލޮލަށް ވަޅިހެރުމަށްފަހު ދިއައީ ހުސްއަތާކަމަށް ޤަބޫލުކުރާ ކަމަށެވެ.
މިއަދު އޮންލައިން