ސައުދިއަރަބިޔާގައި އިމިގްރޭޝަނަށް ވަގަށް ފިލައިގެން އުޅޭ މީހުން ހިންގާ އޮޕަރޭޝަނުގައި އަތުލައިގަނެވޭ މީހުންގެ އަދަދު ލައްކައަކަށް އަރަނީއެވެ.
މިދިއަ ހަފްތާގެ ނިޔަލަށް އަތުލައިގަނެވުނު މީހުންގެ އަދަދު ވަނީ 82،000 އަށްވުރެ އިތުރުވެފައެވެ. ވަގަށް ބޯޑަރު ހުރަސްކުރަން އުޅނިކޮށްވެސް ވަނީ ހާހަކަށްވުރެ ގިނަ މީހުން އަތުލައިގެންފައެވެ.
ސައުދިއަރަބިޔާއިން ބުނެފައިވަނީ އެ ޤައުމުގައި ވަގަށް އުޅޭ މީހުން ހޯދައި އަނބުރާ ފޮނުވާލައިގެން ނޫނީ ޤައުމަށް ސަލާމަތެއް ނެތް ކަމަށެވެ. އދި ވަޒީފާގެ މައްސަލަތައް ހަމަނުޖެއްސޭނެ ކަމަށެވެ.