އޮސްޓްރޭލިއާގެ ސްކޫލަކަށް ހަމަލާދީ ގިނަ ބައަކު މަރާލަން އުޅުނު 2 ދަރިވަރަކު އެ ޤައުމުގެ ފުލުހުން އަތުލައިގެންފިއެވެ. އެމީހުންނާއި ގުޅުންހުރި ބައެއް ހަތިޔާރާއި ގޮވާތަކެތިވެސް ވަނީ ހޯދައިފައެވެ.
މިމައްސަލަ އާއި ގުޅިގެން އަތުލައިގެންފައިވަނީ 16 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ ކުއްޖެކެވެ. ފުލުހުން ބުނީ ދެ ކުދިންވެސް ގެންދިއައީ ހަމަލާދޭނެ ރަނގަޅު ދުވަހަކަށް ބަލަމުން ކަމަށެވެ.
މީގެ އެއް ދުވަސްކުރިން ވަނީ 20 އަހަރުގެ ފިރިހެންކުއްޖަކު ހަތިޔާރާއިއެކު އަތުލައިގެންފައެވެ. ފުލުހުން ބުނީ އޭނާއަކީ ޑައޭޝްއަށް ހަމްދަރުދީވާ މީހެއް ކަމަށެވެ.