ކޭޖީ ކުދިން ނިދާތީ ތިނޯސްހަރާ ޓީޗރަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ކޭޖީ ކުދިން ނިދާތީ ތިނޯސްހަރާ ޓީޗރަކު ހައްޔަރުކޮށްފި
ކޭޖީގައި ކިޔަވާ ތުއްތުކުދިން ކްލާހުގައި ނިދާތީ ގައަށް ތިނޯސް ހަރާ ޗައިނާގެ ސްކޫލެއްގެ ޓީޗަރަކު ހައްޔަރުކޮށްފިއެވެ. މިކަމާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ އަންހެން ޓީޗަރެކެވެ.

މިމައްސަލަ ފެންމަތިވީ ގޮތް ނުއެނގޭ ބޭހެއް ކުދިންނަށް ކާންދޭ ކަމަށާއި ކުދިންގެ ގައިގައި އާދައާ ޚިލާފު މާކްތަކެއް ކުދިންގެ ގައިގާ ހުންނަކަމަށްބުނެ ފުލުހުންނަށާއި ސްކޫލަށް ހުށަހެޅި ޝަކުވާ އަކާއި ގުޅިގެންނެވެ.

ހާދިސާ އާއި ގުޅިގެން ކްލާހުގެ ސީސީޓީވީ ބެލިއިރު ގިނައިން ހުންނަނީ ނިއްވައިފައެވެ. އެކަން އެގޮތަށް މެދުވެރިވަނީ ކަރަންޓުދާތީ ކަމަށް ސްކޫލުން ބުނެއެވެ.

މި ކުލާހުގެ ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރިމަތިވެފައެވެ.
މިއަދު އޮންލައިން