ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ދިރާގުން "ގެސްޓްހައުސް ޓީވީ" ތަޢާރަފް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ދިރާގުން "ގެސްޓްހައުސް ޓީވީ" ތަޢާރަފް ކޮށްފި
ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ޙާއްސަ ކޮށްގެން ދިރާގުން "ގެސްޓްހައުސް ޓީވީ" ތަޢާރަފް ކޮށްފިއެވެ.

ދިރާގުން މައުލޫމާތު ދީފައިވާ ގޮތުގައި ގެސްޓްހައުސް ޓީވީ ޕެކޭޖުތަކުގެ ތެރޭގައި ތަފާތު ތިން ޕެކޭޖެއް ވަނީ ހިމަނާލާފައެވެ. ރާއްޖެގައި އެކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ގާއިމްކުރެވިފައިވާ ރަށްރަށުގައި ހިންގަމުން ގެންދާ ކޮންމެ ގެސްޓްހައުސް ވިޔަފާރިއަކަށް ވެސް ގެސްޓްހައުސް ޓީވީ ގެ ހިދުމަތް ހޯއްދެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މިޚިދުމަތަކީ ގެސްޓްހައުސްތަކަށް ޚާއްސަކޮށް ޓީވީ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކުރެވިގެން ރާއްޖޭގައި ތަޢާރަފް ކުރެވިފައިވާ މިފަދަ ފުރަތަމަ ޚިުމަތެވެ. މިޚިދުމަތާއިއެކު ތަފާތު އެތަށް ޑިޖިޓަލް ވެލިއު އެޑެޑް ފީޗަރސް ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރޭގައި ގެސްޓްހައުސް އޮޕަރޭޓާ ސާވިސް، ރޫމް ސާރވިސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރުން، އަދި ތަފާތު ރެކްރިއޭޝަނަލް އެކްޓިވިޓީސް އަށް ޓީވީ މެދުވެރިކޮށް ރިކުއެސްޓް ކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ގެސްޓްހައުސް ޓީވީގެ ޔޫޒަރ އިންޓަފޭސް އެގެސްޓްހައުސް އަކުން ބޭނުން ގޮތަކަށް ކަސްޓަމައިޒް ވެސް ކޮށްލެވޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގެސްޓްހައުސް ޓީވީ ގެ ސަބަބުން ކަސްޓަމަރުންނަސް ދެވެ ޚިދުމަތުގެ ތަޖުރިބާ އިތުރަސް ފުރިހަމަ ކުރުމުގެ ފުރުސަތު ގެސްޓްހައުސް ހިންގަވާ ފަރާތްތަކަސް ހުޅުވިގެންދާނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.
މިއަދު އޮންލައިން