އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ކުޅުދުއްފުއްޓަށް ތަޢާރަފްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ކުޅުދުއްފުއްޓަށް ތަޢާރަފްކޮށްފި
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއިއެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ކުޅުދުއްފުއްޓަށް މިއަދު ތައާރަފްކޮށް، މިކަމުގެ އުފަލުގައި ވަރަށް ހާއްސަ އޮފަރ އެއް ކުޅުދުއްފުށީގެ ރައްޔިތުންނަށް ގެނެސްދީފިއެވެ.

މިގޮތުން، 31 ޑިސެމްބަރ 2017 ގެ ކުރިން އުރީދޫގެ ސުޕަރނެޓްގެ ޚިދުމަތް ޙިޔާރު ކުރައްވާ ބޭފުޅުންނަށް، ފުރަތަމަ ތިން މަހުގެ މަހުފީ އިން 25% ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

"ޒަމާނީ ތަރައްޤީ އާއި ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމުއެއް ޚިދުމަތަކީ އިންޓަނެޓް ކަމަށްވުމާއި އެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން. މިގޮތުން، ކުޅުދުއްފުށީގައި ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫ ސުޕަރނެޓް ކުޅުދުއްފުށީގައި ތައާރަފްކޮށްފައިވަނީ ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ޕެކޭޖުތަކާއި އެކު އެވެ. މިގޮތުން، ކުޅުދުއްފުށިން ސުޕަރނެޓުގެ ޚިދުމަތް ޙިޔާރު ކުރައްވާ ކަސްޓަމަރުންނަށް، އިންޓަނެޓްގެ ޚިދުމަތް ލިބިގެންދާނީ މާކެޓުގެ އެންމެ ރަނގަޅު އަގުތަކުގައެވެ.ކުޅުދުއްފުއްޓަށް ސުޕަރނެޓްނެޓްވަރކް ފުޅާކޮށްދިނުމުގައި އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕަރޓްނަރ އަކީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑް އެވެ.

ސުޕަރނެޓްގެ ޚިދުމަތް ޙިޔާރުކުރެއްވުމަށް އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި، އުރީދޫ އިންވަނީ ސުޕަރނެޓް ރައުޓަރ ގަތުމަށް ހާއްސަ، 12 މަހުގެ އިންޓަނެޓް ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ.

މި ޙިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/supernetއަށްޒިޔާރަތްކުރަށްވާށެވެ.

މިއަދު އޮންލައިން