ޖަލު ބޭރުގަ ހުރި އަގުބޮޑު ގަސްތަކެއް ކެއުމުގެ ކުށުގަ ހިމާރުތަކެއް ޖަލުގައި ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޖަލު ބޭރުގަ ހުރި އަގުބޮޑު ގަސްތަކެއް ކެއުމުގެ ކުށުގަ ހިމާރުތަކެއް ޖަލުގައި ބަންދުކޮށްފި
އިންޑިއާގެ ޖަލެއްގެ ގޯތިތެރޭގައި ހުރި އަގު ބޮޑު ގަސްތަކަކަށް ގެއްލުންދީ ކައި ހެދުމުގެ ކުށުގެ އަދަބެއްގެ ގޮތުން އެކަންކުރި ހިމާރުތަކެއް ޖަލުގައި ބަންދުކޮށްފިއެވެ.

ޖަލު ބަލަހައްޓާ އިސް އޮފިސަރަކު ޖަލުގެ ގޯތިތެރޭގައި އެ ގަސްތައް ހައްދާފައި ހުރީ ބޮޑެތިވުމުން ޖަލުތެރޭގައި އިންދުމުގެ ބޭނުމުގައެވެ.

މިކަމާއި ގުޅިގެން ޖަލުގެ އޮފިސަރަކު ބުނީ ޖަނަވާރު ދޫކޮށްލާފައި ނުބައިތިއްބަން ސަހައްދުގެ މީހުންނަށް ވާނީ އަންގާފައި ކަމަށެވެ. ހިމާރުތަކަކީ ކާކުގެ ހިމާރުތަކެއްކަން އެނގޭނެ ގޮތެއް ނުވުމުން 4 ދުވަސްވަންދެން ހިމާރުތައް ޖަލުގެ ގޮޅިއެއްގައި ބަންދުގައި ބެއިތިއްބުމަށްފަހު މިހާރު ވާނީ ދޫކޮށްލާފައި ކަމަށެވެ.
މިއަދު އޮންލައިން