ދުބާއީގެ މަޝްހޫރު ކިޑްނީ ސްޕެޝަލިސްޓަކު ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ދުބާއީގެ މަޝްހޫރު ކިޑްނީ ސްޕެޝަލިސްޓަކު ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ
ދުބާއީގައި މަސައްކަތްކުރާ އިންޑިއާގެ މަޝްހޫރު ކިޑްނީ ސްޕެޝަލިސްޓަކު ހާޓްއެޓޭކެއް ޖެހިގެން ކުއްލިއަކަށް މަރުވެއްޖެއެވެ. އުމުރަކީ 54 އަހަރެވެ.

ޑރ. ބާބޫ ޝަރުސާދުގެ ޢާއިލާއިން ބުނީ އެކަން މެދުވެރިވީ ރޭގަނޑު 11:30 ހައިއިރު ކަމަށާއި ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. ނަމަވެސް ނިޔާވީ ކަމަށެވެ.

ނިޔާވިއިރު އޭނާ މަސައްކަތްކުރަމުން ގެންދިއައީ އަމްސާ ރީނަލް ކެޔަރ އިން ދުބާއީ ހެލްތްކެޔަރ ސިޓީގެ ނެފްރޮލޮޖީ ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ.

ޑރ. ބާބޫ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށާއި ބޭސް ބޭނުންކުރުމުގައި މީހުންގެ ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށާއި ގޮތް ނުއެނގޭ ބޭސް ނުކެއުމާއިމެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ގިނަ މަސއްކަތްތަކެއް ކުރި ޑޮކްޓަރެކެވެ.
މިއަދު އޮންލައިން