ގަދަ ވިއްސާރައިގެ ސަބަބުން ލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ގަދަ ވިއްސާރައިގެ ސަބަބުން ލަންކާގެ ވެރިރަށް ކޮލޮމްބޯއަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުން

މިހާރު ސްރީލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ވެރިރަށް ކޮލޮމްބޯއަށް ވެސް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ރޭ 9 ޖަހައި އެހައިކަންހާއިރުން ފެށިގެން އަންނަމުންދާ ކޮޅިގަނޑުތަކުގައި ގިނަ އަދަދެއްގެ ގަސްތައް ވެސް ދަނީ ވެއްޓެމުންނެވެ. ބައެއް ގަސްތައް ވެއްޓިފައިވަނީ މަގުން ދުއްވާފައި ދިއަ ވެހިކަލްތަކުގެ މައްޗަށެވެ. ކެންޑީއަށްދާ މައި މަގުވެސް ވަނީ ގަސްތައް ވެށްޓުމުގެ ސަބަބުން ބަންދުކުރަންޖެހިފައެވެ.

ގަސްތައް ކަރަންޓު ލޭނުތަކުގެ މައްޗަށް ވެއްޓުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުވެސް ކެނޑިފައެވެ.

ގަޑިއަކުން 80 މޭލު ބާރުމިނުގައި ަރަމުންދާ ކޮޅިގަނޑުތަކުގެ ސަބަބުން ދެކުނުގެ ގިނަ ސަރަހައްދުތަކުގެ ގެދޮރަށްވެސް ދަނީ ގެއްލުން ލިބެމުންނެވެ. ރުއްތައް ވެއްޓުމުގެ ސަބަބުން ރޭލްވޭ ވެސް ވަނީ ބަންދުކުރަން ޖެހިފައެވެ.
މިއަދު އޮންލައިން