ވިއްސާރައިގެ ސަބަބުން ބަންޑާރަނައަކަ އިންޓަރނޭޝަނަލް އެއާޕޯޓް ހުއްޓުމަކަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ވިއްސާރައިގެ ސަބަބުން ބަންޑާރަނައަކަ އިންޓަރނޭޝަނަލް އެއާޕޯޓް ހުއްޓުމަކަށް

މިހާރު ސްރީލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ރޭ ވަނީ ލަންކާގެ މައި އެއަޕޯޓް ކަމަށްވާ ބަންޑާރަނައަކަ އިންޓަރނޭޝަނަލް އެއާޕޯޓްގެ އޮޕަރޝަންތައް ވެސް ހުއްޓުމަކަށް އައިސްފައެވެ.

ރޭ ޖައްސަން އައި ބައެއް ފްލައިޓްތައް މާތަލަ އެއާޕޯޓަށް ޑައިވަރޓް ކުރަން ޖެހުނު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ވައިގަދަވުމުގެ ސަބަބުން ފްލައިޓްތަކަށް ނުޖެއްސޭ ހާލަތު އައިނަމަވެސް އެއާޕޯޓަށޗ އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބެއެވެ. ބުނެފައިވަނީ ވައިމަޑުވެ ފުރުޞަތުލިބޭ ވަރަކުން އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން