އައި ރަނަރސްއިން އައްޑޫސިޓީގައި ބާއްވާ

ކިޔުމަށް ހޭދަވާނީ 1މ 19ސ
އައި ރަނަރސްއިން އައްޑޫސިޓީގައި ބާއްވާ


އައި ރަނަރސްއިން އައްޑޫސިޓީގައި ބާއްވާ "އައްޑޫ 5K" ގެ ހުރިހާ ޖާގައެއް ފުލްވެއްޖެ ކަމަށް އައި ރަނަރސް ފައުންޑަރ އަދި ކޯޗު ހުސައިން ސުޖާޢު ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މަޢުލޫމާމާތު ދެއްވަމުން ކޯޗު ސުޖާޢު ވިދާޅުވީ ބައިވެރިވުމަށް ފުރުޞަތު ހުޅުވާލުމުން ހީވެސްނުކުރާހާ އަވަހަށް ހުރިހާ ޖާގައެއް ފުލްވެފައިވާ ކަމަށެވެ. އަދި ހުޅުވާލީ 150 ޖާގަ ކަމަށެވެ.
"އަޅުގަނޑުމެން އައްޑޫ 5K ގަ ހުޅުވާލީ ބޮޑެތި މީހުންނަށް 100 ޖާގަ އަދި ކުޑަކުދިންނަށް 50 ޖާގަ. އެ ހުރިހާ ޖާގައެއް މިހާރުވަނީ ފުލްވެފަ" ސުޖާޢު ވިދާޅުވިއެވެ.

އަންނަ ޑިސެމްބަރ މަހުގެ 8 ވާ ހުކުރު ދުވަހު ބާއްވާ މި ދުވުމުގެ ބޮޑެތި މީހުންގެ ދުވުން ފަށާނީ ހެނދުނު 06:30 ގައެވެ. އަދި ކުޑަކުދިންގެދުވުން ފަށާނީ ހެނދުނު 08:00 ގައެވެ.
ބޮޑެތި މީހުންނަށް 5 ކިލޯ މީޓަރ ދުވަން ޖެހޭ އިރު، މި ދުވުމުގައި ބޮޑެތިމީހުން ބައިވެރިވެފައިވަނީ 200 ރުފިޔާ ދައްކައިގެންނެވެ. އަދި ކުޑަކުދިން ދުވަންޖެހެނީ 2 ކިލޯ މީޓަރެވެ. އެ ބައިގާ ބައިވެރިވެފައިވަނީ 150 ރުފިޔާއެވެ.

ސުޖާޢު އިތުރަށް ވިދާޅުވީ މިއީ މުޖުތަމަޢަށް ފައިދާ ހުރި އެކި ހަރަކާތްތައްރާވާ ހިންގާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުންބާއްވާ ޗެރިޓީ ދުވުމެއް ކަމަށާއި އެގޮތުން މިދުވުމުން ލިބޭ ހުރިހާ ފައިސާ ޝަރަފުއްދީން ސްކޫލްގެ ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހިންގާ ސެން ކްލާސް "އަލް-ނޫރު" އަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އައި ރަނަރސް އިން ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި "އައްޑޫ މެރަތަން" ގެ ނަމުގައި މެރަތަންއެއް ބާއްވާ، ގިނަ ބަޔަކު ދުވުމުގެ ތެރެއަށްޚާއްސަކޮށް ދިގު ދުވުމުގެ ތެރެއަށް ނެރެފައެވެ.
މިއަދު އޮންލައިން