ދިރާގުން ކުލަގަދަ ރަސްމިއްޔާތަކާއެކު އައިފޯން 10 މިރޭ ރާއްޖޭގެ ބާޒާރަށް ނެރެނީ..
ދިރާގުން ކުލަގަދަ ރަސްމިއްޔާތަކާއެކު އައިފޯން 10 މިރޭ ރާއްޖޭގެ ބާޒާރަށް ނެރުމަށް ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ ގިނަދުވަސްވީ އަދި އެންމެ ގިނަ މީހުންގެ އިތުބާރު ލިބިފައިވާ މުވާސަލާތީ ކުންފުނި ދިރާގުން ބުނީ މި މަހުގެ ތިންވަނަ ދުވަހު އެޕަލް އިން ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން 10 އައިފޯން ގަތުމަށް ޕްރީ އޯޑަރ ކޮށްފައިވާފަރާތްތަކަށް އެ ފޯނު މިރޭ ދޫކުރަން ފަށާނެ ކަމަށެވެ.
ދިރާގުން ބުނީ ފޯން ދޫކުރަން ފަށާނީ މިރޭ ދަންވަރު 12:00 ގައި ކަމަށާއި ފޯނު ދޫކުރަން ފަށާނީ ދިރާގު ހެޑް އޮފީހުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އަދި މި ރަސްމިއްޔާތު މިރޭ 10 ޖަހާ އިރު ފަށާނެ ކަމަށާއި ދަންވަރު 2 ޖެހުމާހަމައަށް ރަސްމިއްޔާތު ކުރިއަށްދާނެ ކަމަށެވެ.
ދިރާގުން އައިފޯން 10 ގެ ޕްރީ އޯޑަރުނަގަންމި މަހުގެ 24 ގައި ހުޅުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ފޯނެއް ވަނީ ވިކި ހުސްވެފައެވެ.
އެޕަލް އިން އައިފޯނުވިއްކަން ފެށިތާ 10 އަހަރު ފުރުން ފާހަގަކުރަން އެ ކުންފުނިން ނެރުނުޚާއްސަ ފޯނުގައި ފޭސް އައިޑީ ފަދަ އައު ކަންކަން ވަނީ ހިމަނާފައެވެ.
އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވަނީ އެ ފޯނުގެ ޑިމާންޑް ބޮޑުވެފައެވެ.