އެެމެރިކާގެ ރައީސް ޓްރަމްޕް އިނގިރޭސި އިނގިރޭސި ބޮޑުވަޒީރު މޭއަށް ކުރި ޓްވީޓަކުން އެމެރިކާގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ސަރުކާރުން ތާއީދުކުރާ ކަމާއި އެކަމަށް އެމެރިކާގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަން ހާމަވެއްޖެއެވެ.
ޓްރަމްޕް މޭއަށް ކުރި އެ ޓްވީޓުގައި ޓްރަމްޕް ބުނެފައިވަނީ އިނގިރޭސިވިލާތުގައި ހިންގާ ހައްދުފަހަނައަޅާފައިވާ އިސްލާމީ ކަންތައްތަކާއި ބެހުމަށާއި އޭނާ އާއި ނުބެހުމަށެވެ. އަދި އެމެރިކާގައި ކަންކަން ހިނގަނީ ރަނގަޅަށް ކަމަށެވެ.
. href="https://twitter.com/theresa_may?ref_src=twsrc%5Etfw">@Theresa_May,
— Donald J.
don’t focus on me, focus on the destructive Radical Islamic Terrorism that is taking
place within the United Kingdom. We are doing just fine!
Trump (@realDonaldTrump) href="https://twitter.com/realDonaldTrump/status/936037588372283392?ref_src=tws
rc%5Etfw">November 30, 2017
ޓްރަމްޕް މިމޭރުމުން ބުނެފައިވާއިރު އެމެރިކާގައި ހިންގާ ޖަރީމާތައް މާގިނައެވެ. އެކަންކަމާއި ގުޅިގެން މުސްލިމުންގެ ބޮލުގައި އަޅުވަމުން ގެންދާ ތުހުމަތުތައްވެސް ހަމަ އެހައިމެ ގިނައެވެ.
މި ކޯޅުންގަނޑު އުފެދުނީ ޓްރަމްޕު، އިނގިރޭސިވިލާތުގެ މުސްލިމުން ބަދުނާމުކުރަން ކުރި ޓްވީޓްތަކަކަށް ބޮޑުވަޒީރު ރައްދު ދީ މުސްލިމުންނާއި އިނގިރޭސި ދައުލަތާއިމެދު ފިތުނަ އުފައްދަން މަސައްކަތް ނުކުރުމަށް އެދުމުންނެވެ. ޓްރަމްޕުގެ މިފަދަ އަމަލުތަކުގެ ސަބަބުން ޓްރަމްޕުގެ ހިތުގައި މުސްލިމުންނަށް އޮންނަ އަދާވާތްތެރިކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.