އުރީދޫ ކަލަރ ރަން އެކްސްޕޯ މިހާރު އޮންނާނީ އެ ކުންފުނީގެ ހެޑްކްއާޓަރޒްގަ...

ކިޔުމަށް ހޭދަވާނީ 1މ 12ސ
އުރީދޫ ކަލަރ ރަން އެކްސްޕޯ މިހާރު އޮންނާނީ އެ ކުންފުނީގެ ހެޑްކްއާޓަރޒްގަ...
އުރީދޫ މޯލްޑިވްސް އިން މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަލަރ ރަންގެ އެކްސްޕޯ މިހާރު އޮންނާނީ އެ ކުންފުނީގެ ހެޑްކްއާޓަރޒް ކަމަށްވާ ހ. ސަންލީޓްގައި ކަމަށް އުރީދޫއިން ބުނެފިއެވެ.

މިގޮތަށް ނިންމީ މޫސުން ގޯސްވުމުގެ ސަބަބުން އާޓިފިޝަލް ބީޗުގައި ނުބޭއްވޭނެތީކަމަށް އުރީދޫއިން މަޢުލޫމާތު ދެއެވެ.

އެކްސްޕޯ ބާއްވާ ތަން ބަދަލުވި ނަމަވެސް ކުރިއެކޭވެސް އެއްގޮތަށް މިއެކްސްޕޯ ކުރިއަށްދާނީ މިއަދު މެންދުރުފަހު 14:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ބިބް، ޓީޝާޓް އަދި ކިޓް ދޫކުރުމަށް ބާއްވާ މި އެކްސްޕޯއަށް ތަކެތި ބަލާ ވަޑައިގަންނަވާ އިރު، އައިޑި ކާޑު ގެންނެވުމަށްވެސް އުރީދޫއިން އެދިވަޑައިގަންނަވައެވެ. އަދި ނާދެވޭ ފަރާތެއްނަމަ، ބަލާ ވަޑައިގަންނަވާ ފަރާތާ އައިޑީ ކާދުގެ ކޮޕީއެއް ޙަވާލުކޮށްފައި ފޮނުއްވުމުން ތަކެތި ލިބޭނެ ކަމަށްވެސް ބުންޏެވެ.

ކަލަރ ރަން ބޭއްވުމަށް ނިންމާފައިވަނީ ޑިސެމްބަރ 2 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ.

މިއީ ޢާންމުކޮށް ބާއްވާ ދުވުންތަކާއި ޚިލާފަށް ސަޕްރައިޒްތަކެއްވެސް ފެނިގެންދާ މި ދުވުމުގައި 5 ކިލޯމީޓަރ ފުރިހަމަކުރުމަށް ވަކި ވަގުތެއް ނޯވެއެވެ. އަދި ދުވެފަ ނޫނީ ހިނގާފަވެސް މި އިވެންޓު ފުރިހަމަ ކުރެވިދާނެއެވެ.

މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަމެއް ކަމުގައި ދެއްކުމުގެ މަޤުޞަދުގައި ބާއްވާ ދުވުމެކެވެ.
މިއަދު އޮންލައިން