ހިހޫވެފައިހުރި ތަކެތި ކާންބެހެއްޓުމގެ އަދަބަކަށް އަނބިމީހާ މަރާލައިފިއެވެ.
ފުލުހުން ބުނީ ޕާކިސްތާނުގެ އަވަށެއް ކަމަށްވާ ސަރަގޮދާގަ ދިރިއުޅޭ ފީރޯޒް ޚާން ކިޔާ މީހަކު ކައިވެނިކޮށްގެން އުޅުނު ރޯޝަން ބީބީ ނަމަކަށް ކިޔާ އަންހެނަކު މަރައިލުމަށްފަހު ފިލައިފައިވާ ކަމަށެވެ.
ޢާއިލާ އިން ބުނީ ކާތަކެތި ހިހޫވެފައި ހުރުމުން އެކަމުގެ ޝަކުވާ ކުރުމުން އެކަން މެދުވެރިވީ ގެއަށް އައުން ލަސްވެގެން ކަމަށާއި ބޭނުންނަމަ ހޫނުކޮށްދެވިދާނެ ކަމަށް އަނބިމީހާ ބުނި ކަމަށެވެ. ނަމަވެސް އެކަން ޒުވާބަކަށް ހެދުމަށްފަހު ހަމަލާދީ އަނބިމީހާ މަރައިލީ ކަމަށެވެ.