އިންޑިއާއަށް އަމާޒުކޮށްގެން ފޭސްބުކުގައި އުފެއްދި ލޭ ހަދިޔާކުރާމީހުންގެ ގްރޫޕުގައި 4 މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.
ފެސްބުކުން އުފެއްދި މި ގްރޫޕުގައި ހުންނަ ފީޗަރސްތައް ބޭނުންކުރުމުން ފަސޭހަކަމާއެކު މުއާމަލާތުކުރެވެއެވެ.
މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބަލައިފިނަމަ އިންޑިއާގެ 240 މިލިއަން މީހުން ފޭސްބުކް ބޭނުންކުރާތީ ފޭސްބުކުން އުފެއްދި މި ގްރޫޕް ފުރަތަމަ އިންޑިއާއަށް ތަޢާރަފްކުރީ އަޖުމަ ބެލުމަށެވެ.
އޮކްޓޯބަރު މަހު އުފެއްދި މި ގްރޫޕުށް މިހައި ބޮޑު ތަރުޙީބެއް ލިބުމުން ފޭސްބުކުން މިހާރު ގެންދަނީ ބަންގާޅު ބަހުން މުއާމަލާތުކުރެވޭނެ މިފަދަ ގްރޫޕެއް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ.