އިންޑޮނޭޝިއާގެ ދެ ފިލްމެއް ފުރަތަމަ ފަހަރަށް ޗައިނާގަ ސްކްރީންކޮށްފިއެވެ.
މި ދެ ފިލްމް ސްކްރީންކޮށްފައިވަނީ ޗައިނާގައި މިހާރު ކުރިއަށްދާ ސިލްކް ރޯޑު އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައެވެ. އަދި މި ފެސްޓިވަލުގައި އިންޑޮނޭޝިއާގެ 4 ފިލްމެއް ސްކްރީން ކުރުމަށް ވަނީ ނިންމާފައެވެ.
މި ފެސްޓިވަލްގައި މިހާތަނަށް ދައްކާފައިވާ އިންޑޮނޭޝިއާގެ ދެ ފިލްމަކީ "ސަލަވަކޫ" އާއި "މައި ސްޓްޕިޑް ބޮސް" އެވެ. މި ދެ ފިލްމަށް ޗައިނާގެ ވަރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
މި ފެސްޓިވަލް ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.