އިންޑިއާގެ ކުރީގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީ އެޑްމިޓްކޮށްފިއެވެ.
ދިއްލީގެ ރާމް މަނޯހަރު ލޯހިއާ ހޮސްޕިޓަލަށް އެންތަނީ އެޑްމިޓްކުރީ ގޭތެރޭ އުޅުއްވަނިކޮށް ވެއްޓިވަޑައިގަތުމުން ސިކުނޑިއަށް ލިބިފައިވާ ކުޑަ އަނިޔާއަކާއި ގުޅިގެންނެވެ.
އުމުރުފުޅުން 76 އަހަރުގެ އެންތަނީ ރާއްޖެއަށް ދެތިން ފަހަރެއްގެ މަތިން ޒިޔާރަތްކުރައްވައިފައެވެ. އެންތަނީ ޑިފެންސް މިނިސްޓަރުކަން ކުރެއްވީ ކޮންގްރެސްގެ ވެރިކަމުގައެވެ.