ކަޕިލް ޝަރުމާ ޝޯވ އަލުން ފެށުމަށް ތައްޔާރުވަނީ

ކިޔުމަށް ހޭދަވާނީ 30ސ
ކަޕިލް ޝަރުމާ ޝޯވ އަލުން ފެށުމަށް ތައްޔާރުވަނީ
ދަ ކަޕިލް ޝަރުމާ ޝޯވ ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ޝޯވ ހުށަހަޅައިދޭ ކޮމޭޑިއަން އެކްޓަރ ކަޕިލް ޝަރުމާ ބުނެފިއެވެ.

ސިއްހީ މައްސަލަތަކެއް ދިމާވުމުން އެތައް ޝޯވތަކެއް ކެންސަލް ކުރުމަށްފަހު، ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ޝޯވ އާބެހޭގޮތުން ކަޕިލް ބުނީ ވަރަށް އަވަހަށް އަލުން ޝޯވ ފަށާނެ ކަމަށެވެ. އަދި އެކަމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ޝޯވ އަލުން ފަށާނެ ތާރީޚެއް ކަޕިލް ހާމައެއް ނުކުރެއެވެ.

ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ "ދަ ކަޕިލް ޝަރުމާ ޝޯވ" އަކީ އިންޑިއާ އާއި ބޭރު ޤައުމުތަކުގައިވެސް މަޤުބޫލު ޝޯވއެކެވެ.

މިއަދު އޮންލައިން