ވިހެއުމަށްފަހު 5 ދަރިން މަރައިލި މަންމައަކު ކުށަށް އިއުތިރާފްވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ވިހެއުމަށްފަހު 5 ދަރިން މަރައިލި މަންމައަކު ކުށަށް އިއުތިރާފްވެއްޖެ
ވިހެއުމަށްފަހު 5 ދަރިން މަރައިލި ފަރަންސޭސި މަންމައަކު ކުށަށް އިއުތިރާފްވެއްޖެއެވެ.

އަވަށްޓެރިން ފުލުހުންނަށް ކުރަމުންދިއަ ޝަކުވާތަކަކާއި ގުޅިގެން ފުލުހުން 53 އަހަރުގެ އަންހެން މީހާ ހައްޔަރުކުރަން ގެއަށް ދިއުމުން އެއްވެސް އިއުތިރާޒްކުރުމެއް ނެތި ވަނީ ކުށަށް އިއުތިރާފްވެފައެވެ.

އޭނާގެ އިއުތިރާފުން އެނގުނު ގޮތުގައި 4 ކުދިން ވަޅުލީ ގޭ ކައިރިން ޖަންގަލީގައެވެ. އެއްކުއްޖަކު ވަޅުލީ ގޭގައެވެ. ފުލުހުން ވަނީ 5 ކުދިން ވެސް ހޯދައިފައެވެ.

އޭނާގެ 3 ދަރިން ދުނިޔޭގައި އެބަތިއްބެވެ. ދޮށީ ދަރިފުޅުގެ އުމުރަކީ 32 އަހަރެވެ. ހަގު ދަރިފުޅުގެ އުމުރަކީ 18 އަހަރެވެ.

ފިރިމީހާ ބުނީ ދަރިއަކު މަރައިލިކަން އޭނާއަށް ނުއެނގޭ ކަމަށެވެ. ބޮޑު ދަރިފުޅު ބުނީ މަންމަ ވިހަނީ އެކަނި ކަމަށެވެ.

ތަޙްޤީޤުން އެނގުނު ގޮތުގައި ކުދިން މަރާފައިވަނީ ކަރުގައި އެއްޗެއް އައްސައިގެންނެވެ.
މިއަދު އޮންލައިން