ޑްރައިވަރާއިނުލާ ދުއްވާ ބަސް ޗައިނާގައި ޓެސްޓް ދަތުރުތައް ފަށައިފިއެވެ.
މި ދަތުރުތައް ޓެސްޓްކޮށްފައިވަނީ އެ ޤައުމުގެ ދެކުނުގައި އޮންނަ ޝެންޒެން ސިޓީގައެވެ. މި ބަސްތަކަކީ އެންމެ ޒަމަނީ ވަސީލަތްތައް ބޭނުންކޮށްގެން ހަދާފައިވާ 1 ކިލޯ މީޓަރާއު 2 ކިލޯ މީޓަރަށް ދުއްވުމުގެ ޤާބިލުކަން ލިބިފައިވާ ބަސްތަކެކެވެ.
މި ބަސްތަކުގައި ސެންސަރ، ކެމެރާ އަދި ޖީޕީއެސް ހަރުކޮށްފައިވާ އިރު، މިއީ ސަލާމަތީގޮތުންވެސް ހުރިހާ ވަސީލަތެއް ޤާއިމުކޮށްފައިވާ ބަސްތަކެކެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެކަން އަންގައިދޭ ނިޒާމުވެސް ވަނީ ޤާއިމުކޮށްފައެވެ.
މިއީ އެ ޤައުމުގެ ނެޝަނަލް އިންޓެލިޖެންޓް ޓްރާންސްޕޯޓް ސިސްޓަމް އޮފް އިންޖިނީރިންގ އެންޑް ޓެކްނޮލޮޖީ އާއި ޝެންޒެން ބަސް ގްރޫޕު ގުޅިގެން ފަރުވާކޮށް އުފައްދާފައިވާ ބަސްތަކެކެވެ.