ޗައިނާގެ ލޮޖިސްޓިކް ޕާކުގައި އަލިފާން ރޯވެ، އަނދަމުންދާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.
އެ ޤައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އެ ޤައުމުގެ އިރުމަތީގައި އޮންނަ ޝެންޑޮން އަވަށުގައި އޮންނަ ލޮޖިސްޓިކް ޕާކުގައި އަލިފާން ރޯވީ، ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި އަލިފާންގަނޑު އަދިވެސް ދަނީ ބޮޑުވަމުން ކަމަށެވެ.
މި ހާދިޘާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އަލިފާންގަނޑު ނިއްވާލުމުގައި 200 އަށްވުރެ ފަރާތްތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ޗައިނާގެ ނޫސްތަކުން ބުނެއެވެ.
ގާތްގަޑަކަށް 15,000 ސްކެއަރ މީޓަރުގެ މި ޕާކުގައި އަލިފާން ރޯވާން ދިމާވި ސަބަބު މިހާރު އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.