ތޫފާން އޮޗީގައި އިންޑިއާގެ ކެރެލާ ސްޓޭޓްގައި މިހާތަނަށް 16 މަރު..

ކިޔުމަށް ހޭދަވާނީ 43ސ
ތޫފާން އޮޗީގައި އިންޑިއާގެ ކެރެލާ ސްޓޭޓްގައި މިހާތަނަށް 16 މަރު..
ތޫފާން އޮޗީގައި އިންޑިއާގެ ކެރެލާ ސްޓޭޓްގައި މިހާތަނަށް 16 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ތޫފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލު އަދިވެސް ނޭނގޭތީއެވެ.

އެ ޤައުމަށް ތޫފާން އޮޗީގެ ކޮޅިގަނޑުގައި ގަޑިއަކު 135 މޭލު ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށާއި އެތައްހާސް ބަޔަކު ގެދިރުނެތި، މަގުމަތިވެފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށާއި ގެއްލިފައިވާ މީހުން ހޯދުމުގައި އިންޑިއާގެ ފުލުހުން އަންނަނީ އެއްގަމާއި ކަނޑުގެ މަގުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބައެއް ހިސާބުތަކުން މަސްވެރިން ގެއްލިފައިވާ އިރު، ހުންގި އޮޕަރޭޝަނުގައި ބައެއް މަސްވެރިންވަނީ ހޯދިފައެވެ.

ތޫފާން އޮޗީގައި އެ ޤައުމުގެ ބައެއް ހިސާބުތަކުގައި 14 ސެންޓިމީޓަރަށް ވަނީ ފެންބޮޑުވެފައެވެ.
މިއަދު އޮންލައިން