ޤައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗު ޕޮލިސް ކްލަބް ކާމިޔާބުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޤައުމީ ވޮލީ ލީގުގެ ފުރަތަމަ މެޗު ޕޮލިސް ކްލަބް ކާމިޔާބުކޮށްފި
ރޭ ފެށި ސީ ލައިފް ގްލޯބަލް ވޮލީބޯޅަ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، ޕޮލިސް ކްލަބުން ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މި މެޗުގައި، ޕޮލިސް ކްލަބުން ސެޓުތައް ގެންދިއައީ 24-26، 28-30 އަދި 15-25 އިންނެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ޕޮލިސް ކްލަބަށް ކުޅެދޭ އިންޑިއާ ކުޅުންތެރިޔާ ޖަގްޑަތަރު ސިންހްއެވެ.

މި ދެ ޓީމުގެ އިތުރުން ފިރިހެން ބައިން ލީގުގައި ވާދަކުރަނީ މޯލްޑިވިއަން ސްޕޯޓްސް ރެކްރިއޭޝަން ކްލަބް، ސީލައިފް ސްޕޯޓްސް ކްލަބް، އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އަންހެން ބައިން ތިން ޓީމު ވާދަކުރެއެވެ. އެއީ މިސްކިތްމަގު އެންމެންގެ ގުޅުން، ޕޮލިސް ކްލަބް އަދި މޯލްޑިވިއަން ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ.

މި މުބާރާތުގައި ފިރިހެން ބައިން މިއަދު ހަވީރު ސިފައިންގެ ކްލަބާއި ސީލައިފް ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، މިރޭ ބައްދަލުކުރާނީ ޕޮލިސް ކްލަބާއި މޯލްޑިވިއަން ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ.
މިއަދު އޮންލައިން