މަރުވުމުގެ ކުރިން ޝެރިންނަށް އަނިޔާކޮށްފައިވާކަން ހާމަ ވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 28ސ
މަރުވުމުގެ ކުރިން ޝެރިންނަށް އަނިޔާކޮށްފައިވާކަން ހާމަ ވެއްޖެ
އުމުރުން ތިން އަހަރުގެ ޝެރިން މެތިއުސް އަކީ އިންޑިއާގެ ބިހާރް އަށް އުފަން، އެހެން ނަމަވެސް އެމެރިކާގެ ޓެކްސަސް ދެމަފިރިއެއް ކަމަށްވާ ވެސްލޭ އާއި ސިނީ މެއިތުސް އެޑޮޕްޓު ކޮށްގެން ގެންގުޅުނު ކުއްޖެކެވެ.

މިއަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ވެސްލޭ ވަނީ، ޝެރިން ގެއްލިގެން ރިޕޯޓު ކޮށްފައެވެ. އެއިރު އޭނާ ބުނީ ކިރުތަށި ނުބޮއެގެން އަދަބެއް ދިނުމުގެ ގޮތުން ދަންވަރު 3:00 ޖެހިއިރު އޭނާ ޝެރިން ގެއިން ބޭރަށްލި ކަމަށެވެ. އަދި އޭގެ 15 މިނެޓު ފަހުން ގޮސް ބެލިއިރު ޝެރިން އެތަނުގައި ނެތް ކަމަށް ވެސް ވެސްލޭ ބުނެފައިވެއެވެ.

ނަމަވެސް ފުލުހުންގެ ތަހުގީގު އިތުރު ކުރުމުން، ވެސްލޭ ބުނެފައިވަނީ އޭނާ ކުރިން ދޮގު ހެދީ ކަމަށާއި ޝެރިން ކިރުތަށި ހުސްކުރި ކަމަށެވެ. ނަމަވެސް ކިރުތަށި ހުސްކުރޭތޯ ޖިސްމާނީ ގޮތުން ބިރު ދެއްކި ކަމަށާއި، ގަދަކަމުން ކިރުތަށި ދޭން އުޅުމުގެ ސަބަބުން ޝެރިން ކޮށިއަރައިގެން ވެއްޓުމުން، މަރުވީ ކަމަށް ހީކޮށް ޝެރިންގެ ހަށިގަނޑު އެއްލާލިކަމަށް ވެސްލޭ ވަނީ ބުނެފައެވެ.

ފުލުހުންނަށް ޝެރިން ގެ ހަށިގަނޑު ފެނިފައިވަނީ ވެސްލޭމެންގެ ގެއާއި މާދުރު ނޫން ހިސާބަކުންނެވެ. އެކުއްޖާ އަށް އެކިވަރުގެ އަނިޔާ ކޮށްފައިވާކަން، ހެދި ޓެސްޓުތަކުންނާއި ނެގި އެކްސްރޭ ތަކުން ވަނީ ހާމަވެފައެވެ.

މިމައްސަލާގައި މިހާރު ވެސްލޭއާއި ސިނީ ހައްޔަރުކޮށް ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އިއްޔެ ބޭއްވިފައިވާއިރު ޝެރިންގެ އުޅަނބޮށި ބިންދައިގެން ދިޔުމާއި އެހެނިހެން ކަށިތައްވެސް ބިންދައިގެން ދިޔައީ ކިހިނެއްތޯ ސުވާލު ކުރުމުން ސިނީ ވަނީ ހަނުހުރުމުގެ ޙައްޤުގެ ބޭނުންކޮށް އެސުވާލަށް ޖަވާބު ނުދީފައެވެ. ޝެރިން މަރާލިންތޯ ވެސްލޭ ގާތު އެހުމުން، އޭނާވެސް ވަނީ ހަނުހުރުމުގެ ޙައްޤުގެ ބޭނުން ހިފާ އެސުވާލަށް ޖަވާބު ނުދީ ދޫކޮށްލާފައެވެ.
މިއަދު އޮންލައިން