އިންޑިއާގެ މަހަރާޝްތްރާ ހޮސްޕިޓަލުގައި ކުރެވުނު އޮޕެރޭޝަނެއްގައި، ބަލިމީހާގެ ބަނޑުން 72 ދަގަނޑު ފައިސާ ފޮތި ނަގައިފިއެވެ.
އުމުރުން 51 އަހަރުގެ މަހަރާޝްތްރާއަށް އުފަން ކްރިޝްނާ ސޮމާލްޔާ ސަމްބާރު، ގިނަގިނައިން ހޮޑުލެވި ކުޑަކަމުދާން ވެސް އުނދަގޫވެގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. އޭނާގެ ހާލަތު، ދުވަހުން ދުވަހަށް ދަށަށްދާން ފެށުމުން އޭނާގެ ޢާއިލާ މީހުން އެކި ޑޮކްޓަރުންނަށް އޭނާ ދައްކަން ފެށިއެވެ.
ކްރިޝްނާގެ ބަނޑު ސްކޭންކުރުމާއެކު ވެސް އެކަހަލަ އެއްޗެހިތަކެއް އޭނާގެ ބަނޑުތެރޭގައި ހުރިކަން ޑޮކްޓަރު އަމިތު ކެލޭއަށް ފާހަގަކުރެވުނެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ، އިންޑިއަން އެކްސްޕްރެސްއަށް މައުލޫމާތު ދެއްވަމުން ޑރ.އަމިތު ބުނެފައިވަނީ ކްރިޝްނާއަށް ޖެހިފައިވަނީ ގޭސްޓްރޯއިންޓެސްޓިނަލް ޑިސްއޯޑާގެ ވައްތަރެއްކަމަށްވާ ބެޒޯރްކަމަށާއި އަދި އެ ބަލީގެ ޝިކާރާގައި އޭނާ ތަހައްމަލްކުރަމުންދާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
ޑރ.އަމިތު، ބައްޔާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ އެއީ ނަފްސާނީ ބައްޔެއް ކަމަށާއި އެ ބަލީގައި މީހާ ދަގަނޑު އެއްޗެހި ކާ ހިތްވެ، އެކަމަށް ދެވި ހިފާނެކަމަށެވެ.
އަދި ކްރިޝްނާއަށް ގިނައިން ހޮޑުލުމާއި ކުޑަކަމުދާން އުނދަގޫވުމާއި ކާތަކެތި ރަނގަޅަށް ހަޖަމުކުރުމުގައި މައްސަލަތައް ދިމާވަމުން ވެސް އައީ މާގިނައިން ދަގަނޑު އެއްޗެހި ދިރުވާފައި ހުރުމުންކަމަށް ވެސް ޑރ.އަމިތު ބުނެފައިވެއެވެ.