ޤައުމީ ވޮލީ ލީގު: ސިފައިންގެ ކްލަބުން ސީލައިފް ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 47ސ
ޤައުމީ ވޮލީ ލީގު: ސިފައިންގެ ކްލަބުން ސީލައިފް ބަލިކޮށްފި
ގްލޯބަލް ޤައުމީ ވޯލީބޯޅަ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސިފައިންގެ ކްލަބުން ސީލައިފް ބަލިކޮށްފިއެވެ.

ޤައުމީ ޓީމުގެ ގިނަ ކުޅުންތެރިން ވެސް ހިމެނޭ ވ.އަތޮޅު ސީލައިފް ސްޕޯޓްސް ބަލިކޮށް ސިފައިންގެ ކްލަބް މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ.

ފަސް ސެޓަށް ދިޔަ މި ވާދަވެރި މެޗުގައި ސިފައިންގެ ކްލަބް ސެޓުތައް ގެންގޮސްފައިވަނީ 20-25، 25-20، 23-25، 26-24، 14-16 އިންނެވެ.

މެޗުގެ ފަސްވަނަ ސެޓުގައި ރެފްރީގެ ބައެއް ނިންމުންތަކާ ސީލައިފްގެ ކުޅުންތެރިން ވަނީ ހިތްހަމަނުޖެހި ނުރުހުން ފާޅުކޮށްފައެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ސިފައިންގެ ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ މުނީރު ޚާންއެވެ.

މި މުބާރާތުގައި މިރޭ ބައްދަލުކުރާނީ މޯލްޑިވިއަން ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބެވެ.
މިއަދު އޮންލައިން