ދިރިއުޅުން ނިމުނީ ވިސްނާނުލާ ޖެހި ކާރު ބުރަކުން!

ކިޔުމަށް ހޭދަވާނީ 1މ 14ސ
 ދިރިއުޅުން ނިމުނީ ވިސްނާނުލާ ޖެހި ކާރު ބުރަކުން!
މިއީ 2001 ވަނަ އަހަރު ކެނެޑާގެ ޓޮރޮންޓޯގައި، އެކްސިޑެންޓެއްގައި މަރުވި ދެ މުސްލިމު ރަހުމަތްތެރިއެއްގެ ވާހަކައެވެ. އޭގެތެރެއިން އެކަކުގެ ނަމަކީ ސަމަންތަރް އެވެ.

ސަމަންތަރް އަކީ ފުރާވަރު އުމުރުގެ ޒުވާނެކެވެ. ދިރިއުޅުމާއިމެދު ފޮނި އުންމީދުތަކެއް ދެކެމުން ދިޔަ ކުއްޖެކެވެ. ދިރިއުޅުމާއިމެދު އޭނާ ރާވަމުންދިޔަ ކޮންމެ ކަމެއްގައި ވެސް އެކަމެއް ވަރަށް އަވަހަށް ކުރާނެ ކަމަށް އޭނާ ބުނެ އުޅެއެވެ.

ސަމަންތަރް އަށް އެހީވެދޭން ބުނީ އޭނާގެ އެކުވެރި ޖަވާދުއެވެ. އޭނާއަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިއެވެ. ބޭނުން ކޮންމެ އެއްޗެއް ކޮންމެ ވަގުތަކު ލިބެއެވެ. އެހެންކަމުން އަމިއްލަ ފައިމައްޗަށް ތެދުވަން އޭނާ ދުވަހަކު ވެސް ހިތަކަށް ނާރައެވެ.

އެއްރޭ ސަމަންތަރް އާއި ޖަވާދު ދިޔައީ، ޖަވާދުގެ ކާރުގައި ބުރެއް ޖަހާލާށެވެ. މާބޮޑަށް ސްޕީޑް ކުރުމުން ގިނަ އިރުތަކެއް ނުވެ އެމީހުން ފަހަތުން ފުލުހުން ވެސް އައެވެ.

ފުލުހުން ފަހަތުއެޅުވުމުން ޖަވާދުއަށްވީ މަޖަލެވެ. އިތުރަށް ސްޕީޑް ކުރަން ފެށިއެވެ. ފުލުހުންގެ އަމުރަށް ކިޔަމަންތެރިވެ ކާރު މަޑު ކުރުމަށް ސަމަންތަރް ނަސޭހަތްތެރިވިއެވެ. އެކަމަކު ޖަވާދު އެއަޑެއް ނާހައެވެ.

މާބާރަށް ސްޕީޑް ކުރަމުން ގޮސް ޖަވާދުގެ އަތުން ކާރު ކޮންޓްރޯލުން ނައްޓާލައިގެން ގޮސް މަގުގެ އެއްފަރާތުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓުވިއެވެ.

ކާރު އެހާ ބާރު ސްޕީޑެއްގައި ގޮސް އެކްސިޑެންޓުވުމުން، ދެމީހުންގެ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ދެމީހުން ވެސް މިދުނިޔެއިން ވަކިވެގެން ދިޔައީއެވެ.
މިއަދު އޮންލައިން