ލެޕްރަސީ ޖެހިފައިވާ އުމުރުން 65 އަހަރުގެ ސާޖިދާ ބޭޤަމް އަށް ޕެންޝަން ލިބެން ނެތް ކަމަށް ބުނީ އާދަރްކާޑް ނެތުމުން

ކިޔުމަށް ހޭދަވާނީ 46ސ
ލެޕްރަސީ ޖެހިފައިވާ އުމުރުން 65 އަހަރުގެ ސާޖިދާ ބޭޤަމް އަށް ޕެންޝަން ލިބެން ނެތް ކަމަށް ބުނީ އާދަރްކާޑް ނެތުމުން
އިންޑިއާ އަކީ ބައެއް ކަންކަމުގައި ވަރަށް ހަރުކަށި ޤާނޫނެއް ގެންގުޅޭ ޤައުމެކެވެ. ލެޕްރަސީ ޖެހިފައިވާ މީހުންނަށް 1000 ރުޕީސްގެ ޕެންޝަން ލިބުން ކަމުގައި ވިޔަސް، އެޕެންޝަން ދެނީ "އާދަރްކާޑް" ކިޔާ ކާޑެއް އެމީހެއްގެ އަތުގައި އޮންނަ ނަމައެވެ. އެކާޑަކީ އެމީހެއްގެ އާއިލާއިން އެމީހަކަށްޓަކައި ހަދާދޭ ކާޑެކެވެ.

އުމުރުން 65 އަހަރުވެފައިވާ ސާޖިދާ ބޭޤަމް އަކީ، ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ޖެހިފައިވާ އެކަނިވެރި އަންހެނެކެވެ. އެހެން ނަމަވެސް ލެޕްރަސީ ޖެހިފައިވާ މީހުންނަށް ލިބޭ ޕެންޝަން އޭނާއަކަށް ނުލިބެއެވެ. ސަބަބަކަށްވީ އާދަރްކާޑު ނެތުމެވެ.

ލެޕްރަސީ ޖެހުމުން މަގޯޑާ ރޯޑް ގެ ލެޕްރަސީ ސެންޓަރަށް، ސާޖިދާ ބޭޤަމް ގެނަދިޔައީ މީގެ 10 އަހަރު ކުރިންނެވެ. ސާޖިދާ ގެ އާއިލާއިން އޭނާ އެސެންޓަރަށް ގެންދިޔަ ދުވަހުން ފެށިގެން 10 އަހަރު ވޭތުވެގެން ދިޔައިރުވެސް އޭނާއާއި ބައްދަލު ކުރަން އަދި ހާލު ބަލާލަން ވެސް އެކަކުވެސް ނުދެއެވެ.
މިއަދު އޮންލައިން